އިބްރަހިމޮވިޗްގެ ދެ ގޯލުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް

 

އިތުބާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ކާމިޔާބު ކޮށްދިން  ދެ ގޯލުން މޮޅުވެ ވެސްޓްބްރޮމްގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

އިޝްތިހާރު Below Header ad

މި މެޗުން ވެސްޓްބްރޮމްގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދާފައިވަނީ 2:0 ގެ ނަތީޖާއިންނެވެ.

ވެސްޓްބްރޮމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޔުނައިޓެޑުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހާ މެޗުގެ ލީޑުނަގާފައެވެ.

މެޗުގެ 5 ވަނަ މިނެޓުގައި ލިންގާޑް ނަގައިދިން ހުރަހަކުން، މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗްއެވެ.

ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު މި މެޗުގައި ވެސްޓްބްރޮމްއަށް ވަނީ މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ.

ޔުނައިޓެޑުގެ ފެވަނަ ގޯލު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން އިބްރަހިމޮވިޗްއެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކީ އިބްރަހިމޮވިޗް ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ، 11 އަށް އަރާފައެވެ.

އިބްރަހިމޮވިޗް މިވަގުތު އޮތީ ޕްރިމިއަރ ލީގުގެ ލަނޑު ލިސްޓުގެ ތިންވަނައިގައެވެ. 13 ގޯލު ކާމިޔާބުކޮށްގެން، ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ، ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާއެވެ.

ރޭގެ މޮޅަކީ ލީގުގައި ޖެހިޖެހިގެން ޔުނައިޓެޑް މޮޅުވި، ހަތަރުވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

މި މޮޅާއެކީ ޔުނައިޓެޑް އޮތީ، 30 ޕޮއިންޓާއެކީ ލީގުގެ ހަވަނައިގައެވެ. ޔުނައިޓެޑް އަތުން ރޭ ބަލިވި ވެސްޓްބްރޮމް އޮތީ، 23 ޕޮއިންޓާއެކީ ލީގުގެ ހަތްވަނައިގައެވެ. ލީގުގެ އެއްވަނައިގައި 43 ޕޮއިންޓާއެކީ އޮތީ ޗެލްސީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.