ބާސެލޯނާގެ އެއްބަސްވުން ލުއިސް ސުއަރޭޒް އާކޮށްފި

ބާސެލޯނާގެ އެއްބަސްވުން އެޓީމަށް ކުޅެމުންއަންނަ އުރުގުއާއީގެ އިތުބާރު ފޯވާޑް، ލުއިސް ސުއަރޭޒް އާކޮށްފިއެވެ.

ލުއިސް ސުއަރޭޒް ބާސާއާއި އެކު މި އެއްބަސްވުން އާކުރުމާއިއެކު އޭނާ 2021 ވަނަ އަހަރާއި ހަމައަށް އެޓީމުގައި ދެމިހުންނާނެއެވެ.

އިޝްތިހާރު Below Header ad

ބާސާގެ މި އެއްބަސްވުން އާކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސުއަރޭޒް ބުނީ އޭނާގެ އުންމީދު ފުރިހަމަވެއްޖެ ކަމަށާއި އެހެން ކަމުން މިވަގުތު މި ހުރީ ހުންނަން އެންމެ ބޭނުންވާ ޓީމުގައި ވަރަށް އުފަލުން ކަމަށެވެ.

ސުއަރޭޒް ބުނީ ބާސާގެ އެއްބަސްވުން އާކުރީ ހަމައެކަނި އޭނާ ބޭނުންވެގެން ނޫންކަމަށާއި ކުލަބުންވެސް އެކަމަށް ބޭނުންވެގެންކަމަށެވެ. އަދި ކުލަބާއި އޭނާއާ ދެމެދުގައި އޮތީ ވަރަށް ގާތްގުޅުމެއްކަމަށްވެސް ސުއަރޭޒް ބުންޏެވެ.

2014  ވަނަ އަހަރު އިނގިރޭސި ކުލަބު ލިވަޕޫލްއިން ބާސެލޯނާއާއި ގުޅުނު ސުއަރޭޒް ވަނީ މިހާތަނަށް އެޓީމަށް 116 މެޗު ކުޅެދީ 97 ގޯލު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު ދެ ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު އަދި ޗެމްޕިއަންސް ލީގަކާއި، ޔޫއެފާ ސުޕަ ކަޕެއްގެ އިތުރުން، ފީފާ ކްލަބް ވޯލްޑްކަޕެއް ވެސް ހޯދާފައެވެ.

ސުއަރޭޒްގެ އިތުރުން ނޭމާ، ރޮނާލްޑޯ ގެ އިތުރުން ޓޯނީ ކުރޫޒްވެސް ވަނީ ދާދިފަހުން ބާސެލޯނާގެ އެއްބަސްވުން އާކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.