ސަންޑަލޭންޑް ބަލިކޮށް ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަ ޕޮއިންޓްގެ ލީޑެއްނަގައިފި.

އިނގިރޭސި ޕްރިމިއާލީގުގައި ރޭ ކުޅުނު މެޗުން ސަންޑަލޭންޑްގެ މައްޗަށް ކުރި ހޯދައި ޗެލްސީން ޕްރިމިއަރ ލީގުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭ ކުޅުނު މެޗުން ސަންޑަލޭންޑްގެ މައްޗަށް ޗެލްސީން ކުރިހޯދާފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

ސަންޑަލޭންޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗަށުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ޗެލްސީންނެވެ. އެގޮތުން މި މެޗުގެ ހަމައެކަނި ގޯލު އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށެވެ.

މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓްގައި މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ސެސްކް ފެބްރިގާސްއެވެ.

މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ޗެލްސީން ލީދުގައިނ އޮވެ ނިންމާލިއިރު ދެވަނަ ހާފަށް ކުޅެން ނިކުމެވެސް އެޓީމުން ވަނީ ރަަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އިތުރު ލަނޑުތަކެއް ޖަހަން އެޓީމަސް ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެހެން މަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ވަނީ ހިފޭގޮތް ނުވެފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި، ސަންޑަލޭންޑްގެ ފަރާތުން ފުދޭވަރަކަށް ރަނގަޅު ކުޅުމެއް ފެނުނުއިރު މެޗުގެ ފަހުވަގުތުކޮޅު ސަންޑަލޭންޑުން ވަނީ ވަރަށް ނުރައްކާތެރި ހަމަލާއެއްވެސް،  ޗެލްސީގެ ގޯލަށް ފޮނުވާލާފައެވެ.

ނަމަވެސް ސަންޑަލޭންޑްގެ ޕެޓްރިކް ވެން އާންހޯޓް ފޮނުވާލި އެ ހަމަލާ، ޗެލްސީގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗުގައި ޗެލްސީގެ އިތުބާރު ފޯވާޑް އެޑެން ހަޒާޑް އަނިޔާގެ ސަބަބުން ނުކުޅެއެވެ.

ރޭގެ މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޗެލްސީ މިހާރު އޮތީ 40 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި އޮތް ލިވަޕޫލް އަދި ތިންވަނައިގައި އޮތް އާސެނަލްއަށް ލިބެނީ، 34 ޕޮއިންޓެވެ. 33 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެވެ.

ރޭގެ މޮޅާއެކު ޗެލްސީން ވަނީ އެޓީމު ޖެހިޖެހިގެން ކުޅުނު 10 މެޗުންވެސް މޮޅުވެފައެވެ. ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.