ރޮބަޓް ލެވެންޑޯސްކީ ބަޔާންގެ ކޮންޓްރެކްޓް އާކޮށްފި

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންއަންނަ ޕޯލަންޑްގެ އިތުބާރު ފޯވާޑް، ރޮބަޓް ލެވެންޑޯސްކީ އެޓީމުގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

ލެވެންޑޯސްކީ ބަޔާންގެ ކޮންޓްރެކްޓް އާކުރުމާއި އެކީ އޭނާ އެކުލަބުގައި 2021 ވަނަ އަހަރާއި ހަމައަށް ހުންނާނެއެވެ.

އިޝްތިހާރު Below Header ad

އޭނާ ބަޔާން އާއެކު ހަތަރު އަހަރުގެ މި ކޮންޓްރެކްޓް އާކުރިއިރު މީގެ ކުރިން އޭނާ އެކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2019 ވަނަ އަހަރުގެ ނިޔަލަށެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު ލެވެންޑޯސްކީ ވަނީ  ބަޔާންގައި އިތުރު އަހަރުތަކަކަށް ހުރެވޭތީ އެކަމާ އުފާކުރާކަމަށް ބުނެފައެވެ.

ލެވެންޑޯސްކީ ބުނީ އޭނާގެ ހުވަފެންތަށް ހަގީގަތަކަށް ހެދުމަށް ބަޔާންއިން ވަރަށް ބޮޑު އެހީތެރިކަމެއް ދެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މި އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ލެވެންޑޯސްކީ ބުނީ ކުރިޔަށް ހުރީ މުޅިން އާ ޗެލެންޖްތަކެއްކަކަމަށާއި އެ ކަމަށް ވަރަށް ފުރިހަމައަށް ތައްޔަރުވާނެކަމަށެވެ.

2014  ވަނަ އަހަރު ބަޔާންއާ ގުޅުނު ލެވެންޑޯސްކީ އަކީ އެޓީމުގެ ފޯވާޑް ލައިންގައި ހަރަކާތްތެރިވާ އެންމެ މުހިއްމު އެއް ކުޅުންތެރިއާއެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅެދިން 122 މެޗުގައި 86 ގޯލު ބަޔާންއަށް ކާމިޔާބުކޮށްދީފައެވެ.

މިހާރު އުމުރުން 28 އަހަރުގެ ލެވެންޑޯސްކީ ވަނީ ބަޔާންއާއެކީ ޖަރުމަނު ލީގު ދެ ފަހަރު އަދި ޖަރުމަނު ކަޕް އެއްފަހަރު ހޯދާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.