ދަގަނޑަކީ ސިކުނޑީގެ ކެންސަރަށް ޝިފާއެއް

ހުމްރާ

 

ދަގަނޑަކީ އިންސާނުންނަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ދިރިއުޅުމުގައި އެކިއެކި ގޮތްގޮތަށް ބޭނުން ކުރެވެމުންދާ އެއްޗެކެވެ. ނަމަވެސް މިއީ ކެންސަރ ބައްޔަށް ޝިފާއެއް ކަމެއް މީގެ ކުރިން އެގިފައެއް ނުވެއެވެ.

އިޝްތިހާރު Below Header ad

 

ޑރ. އަންދިއަރސް ޖޯޑަންގެ ޓީމުންދުނިޔޭގެ މަޝްޙޫރު ހޮސްޕިޓަލެއް ކަމުގައި ވާ ޖާރމަނީ ގެ ޗެރިޓީ ހޮސްޕިޓަލްގައި ‘އަޔަން އޮކްސައިޑް’ ބޭނުން ކޮށްގެން ކެންސަރ ސެލް ކާމިޔާބު ކަމާއެކު ނައްތާލައިފިވެއެވެ.

އޭނާ ބުނާގޮތުގައި މިކަން ކުރާގޮތަކީ:

  • ފުރަތަމަ ބަލިމީހާގެ ސިކުޑީގެ ޓިއުމަރގެ އެތެރެއަށް ޚާއްސަ ސިރިންޖެށް ބެނުންކޮށްގެން ‘އަޔަން އޮކްސައިޑް’ އަޅައެވެ.
  • ދާދި އަވަހަށް މުޅި ޓިއުމަރ ގެ ތެރެއަށް ‘އަޔަން އޮކްސައިޑް’ ފެތުރިގެންދެއެވެ.
  • ދެން އެމީހާ މެޝިނެއްގެ ތެރެއަށް ލައެވެ. މިމެޝިނުގައި ދަގައްފާނު އެކުލިވިގެންވެއެވެ.
  • ދަގައްފާނުގެ އަސަރު ‘އަޔަން އޮކްސައިޑް’ އަށް ކުރުމާއިއެކު ހެލިފެލިވެ ޓިއުމަރގެ ތެރޭގައި ހޫނުގަދަ ވެގެންދެވެއެވެ.
  • މިހޫނަށް ކެއްނުކުރެވިގެން ކެންސަރ ސެލްތައް ބަލިކަށިވާން ފަށައެވެ. އަދި ނެތިގެންދެއެވެ.

ހަށިގަނޑު ގެ އެހެން އެއްވެސް ސެލް އަކަށް ގެއްލުމެއްނުވެއެވެ. އެއީ މީގެ އަސަރު ކުރަނީ ހަމައެކަނި ‘އަޔަން އޮކްސައިޑް’ އެކުލެވިގެންވާ ސެލް ތަކަށް ކަމުގައިވާތީއެވެ. އެއީ ހަމައެކަނި އެ ޓިއުމަރގެ ސެލްސް ތަކެވެ.

ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ.

لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ۖ وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّـهُ مَن يَنصُرُهُ وَرُسُلَهُ بِالْغَيْبِ ۚ إِنَّ اللَّـهَ قَوِيٌّ عَزِيزٌ﴿٢٥﴾ سورة الحديد

މާނައީ:

“ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެ رسول ންނާއެކު، ފޮތާއި، عدل إنصاف ގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން عدل إنصاف قائم ކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަތާނގައި اللَّه އާއި، އެކަލާނގެ رسول ންނަށް نصر ދެނީ ކާކުކަން اللَّه ދެނެވޮޑިގެންވެ، އެކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެއެވެ.”

މިއީ ވަޙީކުރައްވާފައިއެވާ މަންފާތަކުގެ ތެރެއިން ވާކަމެއް ކަމަށް ހިތުގައި އެއްވެސް ޝައްކެއްވެސް ނެތެވެ. والله اعلم

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.