ނިއުކްލިއާ ހަތިޔާރުތައް އިތުރަށް ފުޅާކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ގޮވަލައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެޤައުމުގެ ނިއުކްލިއާ މާއްދާތައް އުފައްދާ މަރުކަޒުތަކަށް ކުރެއްވި ޒިޔާރަތަކަށްފަހު ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުތައް އިތުރަށް ފުޅާކުރުމަށް ގޮވާލައްވައިފި ކަމަށް އެޤައުމުގެ ދައުލަތުގެ މީޑިއާ (ކޭ.ސީ.އެން.އޭ) އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ކޭ.ސީ.އެން.އޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިމް ވަނީ އެކި ދާއިރާތަކުން ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުތައް ބޭނުންކުރުމަށް އިސްކަންދިނުމަށާއި ނިއުކްލިއާ މާއްދާތައް އުފެއްދުމުގެ ގާބިލުކަން ނިޒާމީ ގޮތެއްގައި ފުޅާކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބުދަ ދުވަހު ނިއުކްލިއާ މާއްދާތައް އުފައްދާ އަދި ހަތިޔާރު ދިރާސާކުރާ މަރުކަޒުތަކަށް ކުރެއްވި އިންސްޕެކްޝަނެއްގައި ކިމް ވިދާޅުވީ ނިއުކްލިއާ ބާރެއްގެ ގޮތުގައި އުތުރު ކޮރެއާ އޮތް އޮތުމަކީ ބަދަލުނުކުރެވޭނެ ހަގީގަތެއް ކަމަށެވެ.

ނަމަވެސް މި މަރުކަޒުތަކަކީ ކޮބައިކަން ނުވަތަ ހުރި ތަންތަނެއް ކޭ.ސީ.އެން.އޭ އިން ހާމަކޮށްފައެއްނުވެ އެވެ.

ކިމް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ ނިއުކްލިއާ ގާބިލުކަމަކީ މިހާރު ހަގީގަތެކެވެ. އަދި ތަފާތު މިޝަންތަކުގައި ބޭނުންކުރުމަށްޓަކައި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުތަކަށް އަމާޒު ހިފަންޖެހޭ ކަމަށާއި ފަހަކަށް އައިސް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި ހޯދާފައިވާ ކުރިއެރުންތަކަކީ ޤައުމުގެ ނިއުކްލިއާ ސިޔާސަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ޒިޔާރަތަކީ ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ގޮވާލަމުންދާ ދަނޑިވަޅެއްގައި އެޤައުމުގެ ނިއުކްލިއާ ގާބިލުކަން އިތުރުކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ދައްކާލުމުގެ މަގްސަދުގައި ކުރެއްވި ޒިޔާރަތެއް ކަމަށް ބެލެވެ އެވެ.

ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުތަކަކީ އާންމުކޮށް ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ބާރު ކުޑަ ހަތިޔާރުތަކެކެވެ.

2023 ވަނަ އަހަރު ކޭ.ސީ.އެން.އޭ އިން ވަނީ ’ހުވަސަން-31‘ ގެ ނަމުން ނަންދީފައިވާ ޓެކްޓިކަލް ނިއުކްލިއާ ވޯހެޑެއްގެ ފޮޓޯތައް އާންމުކޮށްފަ އެވެ. އަދި މިއީ ކުރު ރޭންޖުގެ މިސައިލްތައް ހިމެނޭހެން އެކި އުޅަނދުތަކުގައި ބޭނުންކުރެވޭނެ ހަތިޔާރެއް ކަމަށް ބުނެފައިވެ އެވެ.

ބުރާސްފަތި ދުވަހު އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ކިމް އާއި އިސް އޮފިޝަލުން އިންސްޕެކްޓް ކުރައްވަމުން ގެންދެވީ ޔުރޭނިއަމް މުއްސަނދިކުރުމަށް ބޭނުންކުރާ ސެންޓްރިފިއުޖްތަކެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ކިމް އިތުރަށް ވިދާޅުވީ 2023 ވަނަ އަހަރު އެޤައުމުގެ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ނިއުކްލިއާ ދައުލަތެއްގެ ހައިސިއްޔަތު ނަފީކުރުމަށް ކުރާ ކޮންމެ މަސައްކަތަކީ ސީދާ ހަނގުރާމަ އިއުލާންކުރުން ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ބާރުތައް ދެމިއޮތްހާ ހިނދަކު ނިއުކްލިއާ ހަތިޔާރު އަތުގައި ބެހެއްޓުމަކީ ބަދަލުނުކުރެވޭނެ ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.