ފަލަސްތީނުގެ އަވަށްތަކުގައި އިސްތިއުމާރީ ވަޒަންވެރިންގެ ބާރު ގަދަކުރަނީ

ރާމަﷲ ކައިރީގައިވާ ފަލަސްތީނުގެ އަވަށްތަކުގައި އިސްތިއުމާރީ ވަޒަންވެރިންގެ ދަނީ ބާރު ގަދަކުރަމުންނެވެ.

ޒައިތޫނި ކެނޑުމުގެ މޫސުމާ ދިމާކޮށް އިސްތިއުމާރީ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އޮކްޓޯބަރު މަހުގެ ތެރޭގައި އެފަދަ 467 ހާދިސާއެއް ހިނގާފައިވާކަމަށް އދ. އިން ވަނީ ރެކޯޑުކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހިފާފައިވާ ހުޅަނގު އައްސޭރީގެ މެދުތެރޭގައިވާ ރާމަﷲ ސިޓީ ކައިރީގައި ހުރި ފަލަސްތީނުގެ އެކި އަވަށްތަކަށް އަމާޒުކޮށް ހޮނިހިރު ދުވަހުގެ ރެއާއި އާދީއްތަ ދުވަހުގެ ހެނދުނާ ދެމެދު އިސްރާއީލުގެ ވަޒަންވެރިން ވަނީ ރޭވުންތެރި ހަމަލާތަކެއްދީ ފަލަސްތީނުގެ އުޅަނދުތަކުގައި އަލިފާން ޖަހާފަ އެވެ.

މީގެ އިތުރުން އެ ތިން އަވަށުގެ ގޭގޭގެ ފާރުތަކުގައި ނަސްލީ ތަފާތުކުރުން އެކުލެވޭ ޝިއާރުތައް ލިޔެ ޢަރަބިން މެރުމަށާއި އެމީހުންގެ ކިބައިން ބަދަލުހިފުމަށް ވަނީ ގޮވާލާފަ އެވެ.

ރާމަﷲގެ އުތުރުގައިވާ ދައިރު އަލް-ސޫދާން އަވަށުގެ ކައުންސިލް ރައީސް ރަފްއަތު އަބޫ މޫސާ މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ 11:30 ހާއިރު ވަޒަންވެރިން އެ އަވަށުގެ ދެކުނު ފަރާތަށް ވަދެގަނެ ދެ އުޅަނދެއްގައި އަލިފާން ޖަހާފައިވާ ކަމަށެވެ.

އަދި ކައިރީގައި ހުރި ގޭގޭގެ ފާރުތަކުގައި އިބްރާނީ ބަހުން ޝިއާރުތައް ލިޔެފައިވާ ކަމަށާއި މީގެ ދެމަސް ކުރިންވެސް އެ ސަރަހައްދަށް މިފަދަ ހަމަލާއެއް އަމާޒުވެ އުޅަނދެއްގައި އަލިފާން ޖަހާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާދިން މީހުން އައީ އަވަށްޓެރި އުންމު ސަފާ އަވަށުގެ ޖަބަލް އަލް-ރަސް ފަރުބަދައިގެ މަތީގައި އަލަށް ހަދާފައިވާ އައުޓްޕޯސްޓަކުންނެވެ.

”އަލިފާން ނިއްވާ މީހުންނަށް އެ ސަރަހައްދަށް އާދެވުނީ ވަރަށް ލަހުން. އެއީ އިސްރާއީލުގެ ސިފައިންނާއެކު ކަންކަން ހަމަޖައްސަން ޖެހޭތީ. އެމީހުންނަށް އާދެވުނުއިރު އުޅަނދުތައް އޮތީ އަނދައި އަޅިއަށް ވެފައި،“ އޭނާ ވިދާޅުވި އެވެ.

އަބޫ މޫސާ ވިދާޅުވި ގޮތުގައި މީގެ ފަސް މަސް ކުރިން ވަޒަންވެރިން ވަނީ އެ އަވަށުގެ ދެކުނު ފަރާތުގައިވާ ފަރުބަދައެއް ހިސާރުކޮށް އެތަނުގައި އައުޓްޕޯސްޓެއް ގާއިމުކޮށް މަގުތައް ހަދާފަ އެވެ.

މިކަމުގެ ސަބަބުން އަވަށުގެ ޒައިތޫނި ގަސްތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގަސްތަކާ ހަމައަށް ރަށުގެ ރައްޔިތުންނަށް ނުދެވޭ ކަމަށެވެ. އަދި ވަޒަންވެރިން ރައްޔިތުންނަށް ހަމަލާދީ އެމީހުންގެ އަމިއްލަ ބިމާ ކައިރިވުން ހުއްޓުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

”މި ވަރުގަދަ ހަމަލާތައް ކުރިއަށް މިގެންދަނީ އިސްރާއީލުގެ ހަރުކަށި މިނިސްޓަރުންގެ އިރުޝާދުގެ ދަށުން. މިއީ ވަރަށް ބޮދަށް ރޭވިގެން ތަކުރާރުކޮށް ދެމުންދާ ހަމަލާތަކެއް،“ އަބޫ މޫސާ ވިދާޅުވި އެވެ.

އުޅަނދުތަކުގައި އަލިފާން ޖެހި ސަރަހައްދަކީ ’އޭރިއާ އޭ‘ ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

އޮސްލޯ އެއްބަސްވުމުގެ ދަށުން މި ސަރަހައްދަކީ ފަލަސްތީނުގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަންޖެހޭ ސަރަހައްދެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.