ހޫޘީންގެ ކިބައިން ސަލާމަތްވުމަށް ސަޢޫދީން އެހީތެރިކަމަށް އެދިއްޖެ

ހޫޘީންގެ ހަމަލާތައް ހުއްޓުވުމަށް ބޭނުންވާ އަސްކަރީ ސާމާނު ހޯދުމަށް ސަޢޫދީ ޢާރަބިއްޔާއިން ބައިވެރިންގެ ކިބައިން އެދިއްޖެ އެވެ.

ހުޅަނގުގެ ޤައުމުތަކާއި ތުރުކީއާއެކު ބޭއްވި ބައްދަލުވުންތަކުގައި ސަޢޫދީގެ އޮފިޝަލުން ވަނީ ހޫޘީންގެ ހަމަލާތައް ހުއްޓުވުމަށް ބޭނުންވާ އައު އަސްކަރީ ވަސީލަތްތައް ހޯދުމަށް ބޭނުންވާކަން ހާމަކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަފުތާގައި ރިޔާޟްގައި ބޭއްވި ބައްދަލުވުމެއްގައި ސަޢޫދީން ވަނީ ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވުމަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ކަންކަން އަވަސްކޮށްދިނުމަށް ހުޅަނގުގެ ބައިވެރިންގެ ކިބައިން އެދިފަ އެވެ.

މި ބައްދަލުވުންތަކުގެ މައުލޫމާތު އެނގޭ ބައެއް އޮފިޝަލުންނާ ރިޕޯޓްކޮށްފައިވާ ގޮތުގައި ސަޢޫދީން މިގޮތަށް އެދިފައިވަނީ ހޫޘީންގެ ހަމަލާތައް ހުއްޓުވައި ދިގުދެމިގެންދާ ހަމަނުޖެހުންތަކަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.

އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ސަޢޫދީ ޢަރަބިއްޔާއިން މިހާރު ދަނީ ބައިނަލްއަޤްވާމީ ބާޒާރުން އަސްކަރީ އައު ވަސީލަތްތައް ހޯދުމަށް ބޮޑު އިސްކަމެއް ދެމުންނެވެ.

މި މަސައްކަތުގެ ތެރެއިން މެދުއިރުމަތީގެ ޤައުމުތަކުގެ އެހީތެރިކަން ހޯދުމަށްވެސް ވަނީ ފަށާފަ އެވެ.

މިގޮތުން ސަޢޫދީގެ އަސްކަރީ ސިނާއަތްތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ބަންދަރު އަލް-ޚުރައިފްގެ ޒައާމަތުގައި ވަފުދެއް މިދިޔަ ހަފުތާގައި ތުރުކީއަށް ޒިޔާރަތްކޮށް އެ ޤައުމުގެ އަސްކަރީ ސާމާނު އުފައްދާ އިދާރާތަކާ ބައްދަލުކޮށްފައިވެ އެވެ.

މި ވަފުދުގައި ސަޢޫދީގެ ގިނަ ކުންފުނިތަކެއްގެ މަންދޫބުން ހިމެނެ އެވެ.

ތުރުކީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސަޢޫދީއާއެކު އޮތް ގުޅުން ބަދަހިކުރުމުގެ ގޮތުން އެ ޤައުމަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންކާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ސަޢޫދީން ބޮޑު އިސްކަމެއް ދެނީ ޑްރޯން ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ ކުރު ރާސްތާގެ ވައިގެ ދިފާއީ ނިޒާމުތައް ހޯދުމަށެވެ.

ސަޢޫދީން ބޭނުންވަނީ މިވަގުތު ބާޒާރުގައި ލިބެންހުރި ކޮންމެ ފަދަ އާލާތެއް ނަމަވެސް ހޯދުމަށެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު ސަޢޫދީއަކީ ދުނިޔޭގައި އަސްކަރީ ކަންކަމަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ގައުމެވެ.

އެގޮތުން 2025 ވަނަ އަހަރު އެ ޤައުމުގެ ޖީޑީޕީގެ 6.5 އިންސައްތަ އަސްކަރީ ކަންކަމަށް ހޭދަކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

މި ކަންކަމަށް ބަލާއިރު ކުރިއަށް އޮތް މަސްތަކުގައި ޔަމަނުގެ ހަނގުރާމަ އިތުރަށް ވަރުގަދަވެގެން ހިނގައިދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

ހަމައެއާއެކު އެމެރިކާގެ އަސްކަރީ މުޝީރުން މިހާރުވެސް ސަޢޫދީގައި ތިބެ ވައިގެ ދިފާއީ ކަންކަން ވިލަރެސް ކުރަމުންދާއިރު އެމެރިކާގެ މެދުއިރުމަތީގެ އަސްކަރީ ކޮމާންޑަރުވެސް ސަޢޫދީއަށް ޒިޔާރަތްކުރައްވާނެ ކަމަށް ބެލެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.