ހޫތީން ސަޢޫދީ ލަސްކަރު ފަހަތައް ޖައްސައިފި

ހޫތީން ބާރުގަދަކުރަމުންދާތީ ސައުދީން ތާއީދުކުރާ ލަޝްކަރުތަކުން ބާބުލް މަންދަބު ދޫކޮށް ފަހަތަށް ޖެހިއްޖެ އެވެ.

ދެކުނުގެ ހަތިޔާރުއެޅުމުގެ ބާރުތަކުން ބުނާ ގޮތުގައި މި ނިންމުމަކީ އަދަނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އެޅި ފިޔަވަޅެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމަވެސް ހޫތީން ބުނަނީ ސްޓްރެޓީޖިކް ގޮތުން މުހިންމު އެ ސަރަހައްދުގައި ތިބި ސިފައިން އެތަނުން ބޭރުކޮށްލީ އެމީހުންގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ކަމަށެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ފައުޖުތަކުން ބާބުލް މަންދަބު ކަނޑުއޮޅި ފެންނަ ހިސާބުގައި ހުރި ތަންތަނުން ފަހަތަށް ޖެހުމާ ގުޅިގެން ރަތްކަނޑުގެ ދެކުނު ދޮރާށީގެ ކޮންޓްރޯލް ހޫތީންނަށް ވަނީ އިތުރަށް ލިބިފަ އެވެ.

މިއީ ހަފުތާތަކެއް ވަންދެން ހިނގި ވަރުގަދަ ކުރިމަތިލުންތަކަށްފަހު އައި ބަދަލެކެވެ.

ޔަމަނުގެ ސަރުކާރާ ގުޅިގެން ހަނގުރާމަކުރާ ”ސަދަން އާމްޑް ފޯސަސް“ އިން އާދީއްތަ ދުވަހު ބުނި ގޮތުގައި ޛުބާބު އެއާޕޯޓާއި ބާބުލް މަންދަބުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ތިބި ސިފައިން ވަނީ ވަގުތީ ވެރިރަށް އަދަނުގެ ދިފާއީ ކަންކަން ވަރުގަދަކުރުމަށްޓަކައި އަލުން އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފިޔަވަޅަކީ ވެރިރަށް އަދަނާއި ކައިރީގައިވާ ޕްރޮވިންސްތަކުގެ ސަލާމަތް ކަށަވަރުކުރުމަށާއި ކުރީ ސަފުގެ ދިފާއު ވަރުގަދަކޮށް ކުރިމަތިވަމުންދާ ނުރައްކާތަކަށް އިޖާބަދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

ނަމަވެސް ”އަންޞާރުﷲ“ ގެ ނަމުން މަޝްހޫރުވެފައިވާ ހޫތީން މިކަމާ ގުޅޭގޮތުން ދެނީ ތަފާތު މައުލޫމާތެކެވެ.

ހޫތީން ހިންގާ ސަބާ ނިއުސް އެޖެންސީން އަސްކަރީ މަސްދަރަކާ ހަވާލާދީ ބުނި ގޮތުގައި ސަޢޫދީން ތާއީދުކުރާ ފައުޖުތަކަށް ސާމާނު ފޯރުކޮށްދޭ މަގުތައް ބަންދުކޮށްލުމުން އެމީހުންނަށް މަޖުބޫރުވީ ޛުބާބާއި ބާބުލް މަންދަބުގެ މަގާމުތައް ދޫކޮށް އަދަނާ ދިމާލަށް ދިއުމަށެވެ.

މީގެ އިތުރުން ހޫތީންގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތައިޒް އަދި ލަހިޖްގެ ފަރުބަދަުމަތީ ސަރަހައްދުތަކުގެ 60 ކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގެ ސަބަބުން އިދިކޮޅު ސިފައިން ވަނީ ޛުބާބު އެއާޕޯޓާއި ކަހްބޫބްގެ ބޭރު ސަރަހައްދުތަކާއި ބާބުލް މަންދަބުގެ ވަށައިގެންވާ ތަންތަނުން ފަހަތަށް ޖެހިފަ އެވެ.

މި ބަދަލާއެކު ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ބާބުލް މަންދަބުގެ ކޮންޓްރޯލް ހޯދުމުގައި ހޫތީންނަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ.

މި ކަނޑުއޮޅިއަކީ ރަތްކަނޑާއި އަދަން ކަނޑުއޮޅި ގުޅުވައިދޭ އަދި ސުއޭޒް ކެނަލްއަށް ދެވެން އޮންނަ މައި މަގެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.