ޕީއެންސީއާއި އަދާލަތު ޕާޓީ އެއްކޮށް މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށް ހާއްސަކޮށް ބާސެލޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެޕާޓީގެ ރައީސް އައްޝައިޚް މުހައްމަދު ޝިފާން އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ރައީސް، ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކެބިނެޓު ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ޕީއެންސީ އަދި އަދާލަތު ޕާޓީގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ހަމައެކަނި ދުލުން “ދީނާއި ގައުމަށް“ ޓަކައޭ ބުނުމުން ނުފުދޭ ކަމަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒު، އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ކުރިއެރުވުމަށް ރައްކާތެރިކަމާއި ހަމަޖެހުމާއި ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތް މިހާރަށްވުރެ ބާރު ސްޕީޑެއްގައި ގެންދިއުމުގެ ބޭނުމުގައި އަދާލަތު ޕާޓީއަށް ދިން ދައުވަތު ގަބޫލްކޮށް މި ސަރުކާރާއި ޕީއެންސީއާއެކު މަސައްކަތްކުރުމަށް ނިންމެވީތީ ރައީސް އާއި މެންބަރުންގެ އަރިހުގައި އަދާލަތު ޕާޓީއަށް ޝުކުރު ދަންނަވާ ކަމަށެވެ.

”ދެހާސް އަށާވީހުގައި ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ޖެހެނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޓަކައި ދަންމަވާލެއްވި ފަލަ ރަތް ރޮނގު ހުރަސްކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވައި ޑިޕްލޮމެސީގެ ޚާރިޖީ ގުޅުންތައް ގާއިމުކުރައްވައި ދާޚިލީ ހަމަޖެހުމަށް ޖާގަދެއްވައި ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވައި ހަމަޖެހުމަށް ޖާގަދީ އަދުލުވެރިކަން ކުރިއަށް ނެރުއްވީތީ.“ އަބްދުއްރަޙީމް ވިދާޅުވިއެވެ.

މިޙަފްލާގައި ވާހަކަ ދައްކަވަމުން އައްޝައިޚް ޝިފާން ވިދާޅުވީ، މިއަދަކީ އަދާލަތު ޕާޓީން ރައީސް ޑރ. މުއިއްޒުގެ ސަރުކާރާއި ސިޔާސީ ބައިވެރިއެއްގެ ގޮތުގައި ރަސްމީކޮށް ގުޅުނު ދުވަސް ކަމަށާއި، ”މިއީ ޕާޓީގެ އިލްމުވެރިންނާއި މަޝްވަރާ މަޖިލީހުގެ އިތުރުން އަތޮޅުތަކުގައި ތިއްބެވި މެމްބަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ނިންމުނު މުހިންމު ނިންމުމެއް.“ ކަމަށެވެ.

އަދާލަތު ޕާޓީ ބިނާވެފައިވާ އެންމެ މުހިންމު އަސާސަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތާއި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކަމާއެކު އިސްލާމީ ސައްހަ އަގީދާގެ ހަމަތަކުގެ މަތިން ގައުމު ބިނާކޮށް ކުރިއެރުވުމަށް ކަމަށާޢި މި ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމީ ރައީސް މުއިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކުރުމަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމާއި ގައުމުގެ އިގްތިސާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރަށް ވަރުގަދަކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ވެސް ޝެއިހް ޝިފާން ވިދާޅުވިއެވެ.

ސަރުކާރުހިންގާ ޕީއެންސީއާއި ގުޅުމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، މިދިޔަ ބުދަ ދުވަހު އަދާލަތު ޕާޓީއިން ވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަށް ދީގެން ރަސްމާލޭގައި ހިންގަން ތައްޔާރުވާ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.