ސޫރަތުއް ޟުޙާގެ ތަފްސީރު (3)

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު. 16 ޑިސެންބަރު 2016 އާގުޅޭ

ޟުޙާ ނަމާދުގެ ވަގުތު ފާއިތު ވެއްޖެނަމަ ގަޟާ ކުރެވޭނެބާ؟

ޟުޙާ ނަމާދުގެ ވަގުތު ފާއިތުވެއްޖެނަމަ ގަޟާކުރެވޭނެތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ. ޙަންބަލީންނާއި ޝާފިޢީންގެ ފަހުގެ ބަހުގައި ވާ ގޮތުން ގަޟާ ކުރެވޭނެއެވެ. ޙަނަފީންނާއި މާލިކީން އަދި ޝާފިޢީންގެ ކުރީގެ ގައުލަކީ ޟުޙާ ނަމާދު ގަޟާ ނުކުރެވޭނެކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަލްއިމާމް ނަވަވީ- ރަޙިމަހު ﷲ- އެކަލޭގެފާނުންގެ ”އަލްމަޖްމޫޢޫ“ އޭ ކިޔުނު ފޮތުގެ 3/532 ގައި ވިދާޅުވެފައިވެއެވެ. “ ސުންނަތް ނަމާދުތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ވަގުތު ކަނޑައެޅިފައިނުވާ ނަމާދުތައް. މިޘާލަކަށް ކޭތަނަމާދު، އިސްތިސްގާ ނަމާދު، ތަޙިއްޔަތުލް މަސްޖިދް ފަދަ ސަބަބެއް މެދުވެރިވެގެން ކުރެވޭނަމާދު ތައް، މިފަދަ ނަމާދު ތަކުގެ ވަގުތު ފާއިތުވެއްޖެނަމަ ގަޟާ އެއް ނުކުރެވޭނެއެވެ.

ސުންނަތް ނަމާދުގެ ދެވަނަ ވައްތަރަކީ: ވަގުތު ކަނޑައެޅިފައިވާ ނަމާދު ތަކެވެ. މިޘާލަކަށް ޢީދުނަމާދު، ޟުޙާ ނަމާދު، ފަރްޟު ނަމާދު ތަކުގެ އިހުގައްޔާއި ފަހުގައި ކުރެވޭ ރަވާތިބު ސުންނަތްތައް، މިފަދަ ނަމާދުތައް ވަގުތު ފާއިތުވުމުން ގަޟާ ކުރުމާއި މެދު ތިންގޮތަކަށް ވާހަކަ ދެކެވިފައިވެއެވެ. އެއީ:

  1. ގަޟާ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ވިދާޅުވާ ބޭކަލުން. އަލްގާޟީ އަބުއްޠައްޔިބު-ރަޙިމަހު ﷲ- ވިދާޅުވިއެވެ. ”މިއީ މަޛްހަބުގެ (ޝާފިޢީ މޛްހަބުގެ) އެންމެފަހުގެ ގޮތެވެ.
  2. ގަޟާ ނުކުރެވޭނެކަން، މިއީ ޝާފިޢީން ގެ ކުރީގެ ގައުލެވެ. އަދި ޙަނަފީންގެވެސް ގައުލެވެ.
  3. ޢީދު ނަމާދާއި ޟުޙާ ނަމާދު ފަދަ އެހެންނަމާދަކާއި ނުވަަތަ އަޅުކަމަކާއި ގުޅިފައިނުވާ ސުންނަތް ތައް ގަޟާ ކުރެވޭނެކަމަށާއި، އެހެންއަޅުކަމަކާއި ގުޅިފައިވާ ސުންނަތްތައް، މިޘާލަކަށް ރަވާތިބު ސުންނަތްތައް، ގަޟާ ނުކުރެވޭނެކަމަށް ބުނާ ބުނުން.

މީގެ ތެރެއިން އިމާމް ނަވަވީ- ރަޙިމަހު ﷲ – ބުރަވެވަޑައިގަންނަވަނީ ހުރިހާ ސުންނަތް ނަމާދަކީ ވެސް ގަޟާ ކުރެވޭ ނަމާދު ތަކެއް ކަމަށެވެ.

 

ސުންނަތް ނަމާދު ގަޟާ ކުރެވޭނެ ކަމުގެ ދަލީލުތައް:

  1. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ نَامَ عَنْ صَلَاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا ) މާނައަކީ: ”ނިދިގެން ނުވަތަ ހަނދާންނެތިގެން ނަމާދެއް ދޫކޮށްލެވިއްޖެމީހާ ހަނދާވިއިރަކުން ކުރާށެވެ“،
  2. އަބޫ ގަތާދާ-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. ( أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاتَهُ الصُّبْحَ فِيْ السَّفَرِ حَتَّى طَلَعَتِ الشَّمْسُ فَتَوَضَّأَ ثُمَّ صَلَّى سَجْدَتَيْنِ ثُمَّ أُقِيْمَتِ الصَّلَاةُ فَصَلَّى الْغَدَاةَ) މާނައަކީ: ”ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަތިސްނަމާދަށް ހޭފުޅުނުލެއްވި އިރުއަރަންދެއް އެެއް ދުވަހަކު އޮވެވުނެވެ. އެކަލޭގެފާނަށް ހޭފުޅުލެއްވުމުން ތެދުވެވަޑައިގެން ވުޟޫ ކުރައްވާ، ފަތިސް ނަމާދުގެ އިހުސުންނަތް ކުރެއްވިއެވެ. އެއަށްފަހު ފަތިސްނަމާދަށް ގަމަތް ދެވުނެވެ. އަދި ފަތިސްނަމާދު ކުރެއްވިއެވެ“.
  3. އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. (أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَّى رَكْعَتَيْنِ بَعْدَ الْعَصْرِ فَسَأَلَتْهُ عَنْ ذَلِكَ فَقَالَ : ( إِنَّهُ أَتَانِيْ نَاسٌ مِّنْ عَبْدِ الْقَيْسِ بِالْإِسْلَامِ مِنْ قَوْمِهِمْ فَشَغَلُوْنِيْ عَنْ الرَّكْعَتَيْنِ اللَّتَيْنِ بَعْدَ الظُّهْرِ فَهُمَا هَاتَانِ الرَّكْعَتَانِ بَعْدَ الْعَصْرِ) މާނައަކީ: ”ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢަޞްރުފަހުން ދެރަކްޢަތް ކުރައްވާތީ ފެނިވަޑައިގެން އުންމު ސަލަމާ ސުވާލުކުރެއްވުމުން ޙަދީޘް ކުރެއްވިއެވެ. ”ޢަބްދުގައިސް ގެ ގައުމުގެ މީހުން އިސްލާމްދީނާއިގެން ތިމަންކަލޭގެފާނު ގާތަށް އައުމުން މެންދުރުނަމާދު ފަހުގެ ދެރަކްޢަތަށް މަޝްޣޫލުވެވުނީއެވެ. އެހެންކަމުން ޢަޞްރުފަހުން އެދެރަކްޢަތް ކުރީއެވެ“.
  4. އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ لَّمْ يُصَلِّ رَكْعَتَيْ الْفَجْرِ حَتَّى تَطْلُعَ الشَّمْسُ فَلْيُصَلِّهِمَا) މާނައަކީ: ”ފަތިހުގެ ސުންނަތުގެ ދެރަކްޢަތް ނުކޮށް ހުއްޓާ އިރުއެރިނަމަވެސް އެދެރަކްޢަތް ކުރާށެވެ“.
  5. އަބޫސަޢީދުލް ޚުދްރީ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ نَامَ عَنْ وِتْرِهِ أَوْ نَسِيَهُ فَلْيُصَلِّ إِذَا ذَكَرَهُ) މާނައަކީ: ”ނިދިގެން ނުވަތަ ހަނދާން ނެތިގެން ވިތްރި ނުކުރެވިއްޖެނަމަ ހަނދާންވި އިރަކުން ކުރާހުށިކަމެވެ“.
  6. ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. (أن النبي صلى الله عليه وسلم كان إذا فاتته الصلاة من الليل من وجع أو غيره صلى من النهار ثنتي عشرة ركعة) މާނައަކީ: ”ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާލާސްވެގެން ނުވަތަ އެނޫންވެސް ގޮތަކުން ރޭގަޑުގެ ނަމާދުތައް ނުކުރެވިއްޖެނަމަ، ދުވާލުގަޑީގައި ބާރަ ރަކްޢަތް ކުރައްވައެވެ“. والله أعلم.
  7. ނިމުނީ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.