ސިންޖާރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދިދާނެބާ؟

2014 ވަނަ އަހަރު ޔަޒީދީންނާ ދެކޮޅަށް ހިންގި ގަތުލުއާންމަށްފަހު އިރާޤުގެ އުތުރުގައި އޮންނަ ސިންޖާރު ވެފައިވަނީ ބާރުގަދަ ކުރުމުގެ ހަނގުރާމައެއް ހިނގަމުންދާ ސަރަހައްދަކަށެވެ.

މި ހަފުތާގެ ކުރީކޮޅު އިރާގު ސަރުކާރުން ވަނީ ސިންޖާރުގައި އެންމެ ބާރުގަދަ އެއް ޖަމާއަތް ކަމަށްވާ ޔަޒީދީންގެ ހަތިޔާރު އެޅި ގްރޫޕް ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ދަށަށް ގެނެސްފައިވާކަން އިޢުލާނުކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުރުދިސްތާން ވޯކާސް ޕާޓީ އާ ގުޅުން އޮންނަ ’ސިންޖާރު ރެސިސްޓެންސް ޔުނިޓްސް‘ (ވައި.ބީ.އެސް) އުފެދުނީ 2000 ގެ އަހަރުތަކުގެ ތެރޭގަ އެވެ.

މިއީ އެތައް އަހަރެއް ވަންދެން ތަފާތުކުރުންތަކާއި ހަމަލާތަކާ ކުރިމަތިލާންޖެހިފައިވާ ޔަޒީދީ ދީނީ މައިނޯރިޓީ ހިމާޔަތްކުރުމަށް އުފެދުނު ޖަމާއަތެކެވެ.

މި ޖަމާއަތުން ހަރަކާތްތެރިވާން ފެށީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހު އިސްލާމިކް ސްޓޭޓް (އައި.އެސް) އިން ޔަޒީދީންނާ ދެކޮޅަށް ހިންގި ގަތުލުއާންމާ ގުޅިގެންނެވެ.

އެ ހަމަލާތަކުގައި މަދުވެގެން 5,000 މީހުން މަރާލައި އެތައް ހާސް އަންހެނުންނާއި އަންހެން ކުދިން ރަހީނުކުރި އެވެ.

ހޯމަ ދުވަހު ބޭއްވި ރަސްމީ ރަސްމިއްޔާތަކާއެކު މި ޖަމާއަތުގެ ގާތްގަނޑަކަށް 2,500 ހަނގުރާމަވެރިން އިރާގުގެ ސަލާމަތީ ބާރުތަކާ ގުޅޭނެ އެވެ.

އިރާޤުގެ ބޮޑުވަޒީރުގެ މުޝީރު އަލީ ފަލީހް އަލް-ޒައިދީ މި ނިންމުން އިއުލާނުކުރެއްވީ އިރާޤުގެ މަޖިލިސް މެންބަރު މުރާދު އިސްމާއީލް އިސްކޮށް ހުންނަވައިގެން ވަޑައިގެންނެވި ވަފުދަކާ މިދިޔަ މަހު ބައްދަލުކުރެއްވުމަށްފަހު އެވެ.

މިއީ ސީރިއަން ޑިމޮކްރެޓިކް ފޯސަސް ސީރިއާގެ ދައުލަތުގެ ބާރުތަކާ ގުޅުނު ގޮތާ އެއްގޮތް ނިންމުމެކެވެ.

”މި ނިންމުން ތަންފީޒުކުރަން މިއަދު މިވަނީ ފަށާފައި ސިންޖާރު ފަރުބަދައިގެ މަތީގައިވާ ބައެއް މަގާމުތައް މިހާރު ވަނީ އިރާޤު ސިފައިންނާ ހަވާލުކޮށްފައި،“ މުރާދު އިސްމާއީލް

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ހަނގުރާމަވެރިން ގުޅޭނީ ސަލާމަތީ ބާރުތަކުގެ އެކި ދާއިރާތަކަށެވެ. އަދި އެކަމަށް ބޭނުންވާ ނަންތަކުގެ ލިސްޓުވެސް މިހާރު ވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ.

ކުރުދިސްތާން ރީޖަނަލް ގަވަރްމަންޓް ގެ ޕެޝްމާގާ ބާރުތަކުން 2015 ވަނަ އަހަރު ސިންޖާރު ސިޓީ މިނިވަންކުރި އެވެ. އަދި 2017 ވަނަ އަހަރު ބަޣުދާދުގެ ތާއީދު އޮންނަ ހާޝިދު އަލް-ޝާބީ އިން ސިންޖާރުގެ ދެކުނުގެ ބާރު ހޯދި އެވެ.

އެހެންނަމަވެސް ހަތިޔާރު އެޅި އެކި ޖަމާއަތްތަކުގެ މެދުގައި އޮތް ސިޔާސީ ނުތަނަވަސްކަން އަދިވެސް ދަނީ ކުރިއަށެވެ.

އަލަށް އިިއުލާނުކުރި މި ނިންމުމާއެކު ބައެއް ހިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ.

ކޭ.އާރު.ޖީ ގެ އިންޓީރިއާ މިނިސްޓްރީން އަންގާރަ ދުވަހު ވަނީ ބަޣުދާދުގެ މި ފިޔަވަޅާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނާ ގޮތުގައި އަމަލުކުރަންޖެހޭނީ 2020 ވަނަ އަހަރު އދ. ގެ ތާއީދާއެކު އެކުލަވާލި ސިންޖާރު އެއްބަސްވުމަށެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ވައި.ބީ.އެސް އާއި ދައުލަތަށް ނިސްބަތްނުވާ އެހެން ޖަމާއަތްތައް އެ ސަރަހައްދުން ބޭރުކުރަންޖެހެ އެވެ.

”ކޭ.އާރު.ޖީ އާ މަޝްވަރާކުރުމެއް ނެތި ސިންޖާރުގައި އަޅާ އެއްވެސް ފިޔަވަޅަކުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ،“ ކޭ.އާރު.ޖީ ގެ އިންޓީރިއާ މިނިސްޓަރު ރީބަރު އަހުމަދު ނޫސްވެރިންނަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ހަމަޖެހުން ގާއިމުވުމަށާއި ގެދޮރު ގެއްލިފައިވާ ޔަޒީދީން އެނބުރި އައުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.

މިކަމަށް ރައްދު ދެމުން އިރާޤު ސަރުކާރުން ބުނީ ސިންޖާރުގައި އަޅަމުންދާ ފިޔަވަޅުތަކަކީ މުޅިންވެސް ބަޣުދާދުގެ މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށުގައިވާ ކަންކަން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.