އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޗީފްގެސްޓަކަށް ކެނެޑާގެ ބޮޑުވަޒީރު ކާނީ

އަންގާރަ ދުވަހު ފޯނުން ގުޅުއްވައި ބޭއްވެވި މަޝްވަރާތަކެއްގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރަން ނިންމާފައިވާ ”ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަޝިޕް އެގްރީމަންޓް“ ވީ އެންމެ އަވަހަކަށް ނިންމުމަށާއި، 2030 ވަނަ އަހަރާ ހަމައަށް ދާއިރު ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު ދެގުނަ ކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ.

އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ-20 ސަމިޓަށްކުރާ ދަތުރުގެ ތެރެއިން، އަންނަ ޑިސެމްބަރު މަހު ބޮޑުވަޒީރު މޯދީ ކެނެޑާއަށް ޒިޔާރަތްކުރާނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ދަތުރުގެ ތެރޭގައި ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން، އަންނަ ޖެނުއަރީ މަހު އިންޑިއާގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބޮޑުވަޒީރު ކާނީ ވަޑައިގަތުމާ ގުޅޭގޮތުން ވެސް ދަނީ މަޝްވަރާ ކުރެވެމުންނެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އާނަންދު އާއި ޓްރޭޑް މިނިސްޓަރު މަނިންދަރު ސިދޫ މިހާރު ދަނީ އިންޑިއާއަށް ރަސްމީ ޒިޔާރަތެއް ކުރައްވަމުންނެވެ.

ބޮޑުވަޒީރު މޯދީ ބުނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ވިޔަފާރި، ހަކަތަ، ޓެކްނޮލޮޖީ ސެކިއުރިޓީ އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ފަދަ މުހިންމު ދާއިރާތަކުން އަމަލީ ނަތީޖާ ނެރުމަށް ދެ ޤައުމުން އެއްބަސް ވެފައިވާކަމަށެވެ.

”ބޮޑުވަޒީރު މާކް ކާނީއާ އެކު ވަރަށް ގާތް އަދި ބޭނުންތެރި މަޝްވަރާތަކެއް ކުރެވުނު. އިންޑިއާ އާއި ކެނެޑާ ގުޅިގެން މަސައްކަތް ކުރަނީ ދުނިޔޭގެ ހަމަޖެހުމާއި ފާގަތިކަމަށްޓަކައި،“ މޯދީ

ވޭތުވެދިޔަ އަހަރުގެ ތެރޭގައި އިންޑިއާ އާއި ކެނެޑާގެ ގުޅުން އިތުރަށް ބަދަހިވެފައިވާތީ ދެ ވެރިންވެސް އެކަން ފާހަގަކުރި އެވެ.

ކެނެޑާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މާލީ ދާއިރާ، ދިފާއީ އަދި ސަލާމަތީ ދާއިރާ، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތަކަށް ބޮޑުވަޒީރުން މަރުހަބ ކިޔާފައިވެ އެވެ

މީގެ އިތުރުން، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސިޔާސީ ނުތަނަވަސްކަމާއި، ހަކަތަ އާއި ދަނޑުވެރިކަމުގެ ދާއިރާގައި އިތުބާރު ހުރި ބައިވެރިންގެ މުހިންމުކަމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރި އެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ބޮޑުވަޒީރު މޯދީ ކުރައްވާ މަސައްކަތްޕުޅަށް ބޮޑުވަޒީރު ކާނީ ޝުކުރު އަދާކުރެއްވި އެވެ.

ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ފެންވަރުގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، މިދިޔަ ހަފުތާގައި އިންޑިއާގައި ބޭއްވުނު ދެ ޤައުމުގެ ސަލާމަތީ މަޝްވަރާތަކަށް ވެސް ދެ ބޭފުޅުން ތާއީދުކުރެއްވި އެވެ. އަދި މޯދީ ކެނެޑާއަށް ކުރާ ދަތުރުގެ ކުރިން ދެ ބޭފުޅުން މެދުނުކެނޑި ގުޅުން ބެހެއްޓުމަށް އެއްބަސްވި އެވެ.

”ޓީމް ކެނެޑާ ޓްރޭޑް މިޝަން“ ގެ ނަމުގައި މިހާރު އިންޑިއާގައި ކުރިއަށްދާ ވިޔަފާރީގެ ވަފުދުގެ ދަތުރަށާއި، ފޮރިން މިނިސްޓަރު އަނީތާ އާނަންދު މި ހަފުތާގައި ނިއުދިއްލީއަށް ކުރައްވާ ޒިޔާރަތަށް ވެސް ދެ ބޭފުޅުން މަރުހަބާ ވިދާޅުވި އެވެ.

މި ޒިޔާރަތްތަކުގެ މަޤްޞަދަކީ ވިޔަފާރި އާއި ހަކަތަ ފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.