ސަޢޫދީ ކޯލިޝަނުން ހޫޘީންގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއްދީފި

ޔަމަނުގައި ހަރަކާތްތެރިވާ ސަޢޫދީ ކޯލިޝަނުން ހުދައިދާގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ހޫޘީންގެ މަރުކަޒުތަކަށް ހަމަލާދީފި އެވެ.

ހޫޘީން ސަޢޫދީ ޢަރަބިއްޔާގެ އެއާޕޯޓްތަކާއި އަސްކަރީ މަރުކަޒުތަކަށް ހަމަލާދިން ކަމަށް ބުނަމުންދަނިކޮށް، ކޯލިޝަން ފައުޖުތަކުން ވަނީ ހުދައިދާގައި ހުރި ހަތިޔާރު ގުދަންތަކަށާއި ކަނޑުގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔަމަނުގައި ހަރަކާތްތެރިވާ ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ރެޑް ސީ (ރަތް ކަނޑު) ސަރަހައްދުގައި ހިމެނޭ ހުދައިދާ ޕްރޮވިންސްގައި ހޫޘީ ޖަމާޢަތާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި، ކަނޑުގެ ހަތިޔާރު ގުދަންތައް ނައްތާލައި، ބައިނަލްއަޤްވާމީ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާތަކެއް ވަނީ ނާކާމިޔާބުކޮށްލާފަ އެވެ.

ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ އެކްސްގައި ވިދާޅުވީ، ކޯލިޝަނުގެ ކަނޑުގެ ސިފައިން އަތިރިމަތީ ސަރަހައްދުގައި ހުރި ހޫޘީންގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި ”ހަތިޔާރު ގުދަންތަކާއި، ގޮވާތަކެތި ހަރުކޮށްފައިވާ އުޅަނދުތަކާއި ކަނޑުގެ މައިންތައް ރައްކާކޮށްފައިވާ ތަންތަން ނައްތާލާފައިވާ“ ކަމަށެވެ.

އަލް މާލިކީ އިތުރަށް ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގެ ސަބަބުން ރަތް ކަނޑުގެ ދެކުނުގެ ކަނޑުގެ މަގުތަކަށް އަމާޒުކޮށް ދޭން ރާވާފައިވާ ނުރައްކާތެރި ހަމަލާތަކެއް ވަނީ ހުއްޓުވާފަ އެވެ.

މި ހަމަލާތަކަކީ އެކި ފަރާތްތަކުން ގުޅިގެން ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ބައެކެވެ.

ޔަމަނުގެ އަސްކަރިއްޔާއިން ވަނީ ހޫޘީންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަންޢާ އަލުން ހިފުމަށްޓަކައި ހާހަކަށްވުރެ ގިނަ ހަމަލާދީފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.

ހަމައެއާއެކު، ކޯލިޝަނުން ވަނީ ފަތިސް ވަގުތު މުޅި ޤައުމުގައި 100 ހަނގުރާމަމަތީ މަތިންދާބޯޓު ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގިކަން ކަށަވަރުކޮށްދީފަ އެވެ.

ބައިނަލްއަޤްވާމީ މުޖުތަމައުން ބަލައިގަންނަ ޔަމަނުގެ ސަރުކާރުން އާދީއްތަ ދުވަހު ބުނެފައިވަނީ، އެންމެ ބޮޑު އަމާޒަކީ ހޫޘީންގެ އިދާރީ ބާރުގެ ދަށުގައިވާ އަދި ޔަމަނުގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ ހުރިހާ ސަރަހައްދުތަކެއް އަނބުރާ ހޯދުން ކަމަށެވެ.

މީގެ އިތުރުން، ހޫޘީ ފައުޖުތަކުން ނެރުނު އަވަސް ބަޔާނެއްގައި ބުނެފައިވަނީ، ބަދަލުހިފުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ މުހިންމު ބައެއް ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި ރިޔާދު އެއާޕޯޓާއި، ރާބިޣްގައި ހުރި އަރަމްކޯ ތެޔޮ ސާފުކުރާ ކާރުހާނާއާއި، އަބްހާ އެއާޕޯޓާއި، ޚަމީސް މުޝައިތު އެއާބޭސްއާއި، ނަޖްރާންގެ އިތުރުން އަސީރުގައި ހުރި އަކްފާ އަސްކަރީ ކޭމްޕަށް އަމާޒުކޮށް ޑްރޯން އަދި ބެލިސްޓިކް މިސައިލް ހަމަލާތަކެއް ވަނީ ދީފަ އެވެ.

މި ކުރިމަތިލުންތައް ވަރުގަދަވެފައި މިވަނީ، އީރާނަށް ތާޢީދުކުރާ ހޫޘީ ހަނގުރާމަވެރިން މިދިޔަ މަހު ރަތް ކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދަކާއި، ބައިނަލްއަޤްވާމީ ތެލާއި ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާ މުހިންމު މަގެއް ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅި ބަލަހައްޓާ ސަރަހައްދުތައް ހިފުމާ ގުޅިގެންނެވެ. މިއީ ފަހުގެ އަހަރުތަކުގައި ޔަމަނުގައި ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުންތަކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.