އިނގިރޭސި ކޮންސިއުލޭޓް ބަންދުކުރުމަށް ނެރުނު އަމުރަކީ ޣައިރު ޤާނޫނީ އަމުރެއް – ތޯންބެރީ

ބްރިޓިޝް ކޮންސިއުލޭޓް ބަންދުކުރުމަށް އިޒްރޭލުން ނެރުނު އަމުރަށް އިނގިރޭސިވިލާތުން ބޯނުލެނބުމަށް އެމިލީ ތޯންބެރީ ގޮވާލައްވައިފި އެވެ.

އިނގިރޭސި ޕާލަމަންޓުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު އެމިލީ ތޯންބެރީ، އިޒްރޭލުން ހިފާފައިވާ އިރުމަތީ ޤުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓް ބަންދުކުރުމަށް ނެރުނު އަމުރަކީ ޣައިރު ޤާނޫނީ އަމުރެއް ކަމަށް ވިދާޅުވެ، އެ ނިންމުމަށް އަމަލުނުކުރުމަށް ސަރުކާރަށް ގޮވާލައްވައިފި އެވެ.

މިކަމާ ގުޅޭގޮތުން ތޯންބެރީ މިފަދައިން ވިދާޅުވެފައިވަނީ، އިޒްރޭލުގެ ފިއްތުންތަކަށް ދޫދެއްވައި، އިނގިރޭސި ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑް އަންނަ ބުރާސްފަތި ދުވަހު އެ ކޮންސިއުލޭޓް ބަންދުކުރައްވާފާނެ ކަމުގެ ބިރު ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިނގިރޭސިވިލާތުން މި ނިންމުން ނިންމާ ގޮތެއް ފްރާންސާއި ސްޕެއިން ފަދަ ޤައުމުތަކުން ވަރަށް ގާތުން ބަލަމުންދެ އެވެ.

އެ ޤައުމުތަކުން ކަންބޮޑުވަނީ އިނގިރޭސިވިލާތުން އެތަން ބަންދުކޮށްފިނަމަ، ދެން އެ ޤައުމުތަކުގެ ކޮންސިއުލޭޓްތައްވެސް ބަންދުކުރަން އިޒްރޭލުން މަޖުބޫރުކުރާނެތީ އެވެ.

ތޯންބެރީ ވިދާޅުވީ، ކޮންސިއުލޭޓް ބަންދުކުރަން އުޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިނގިރޭސިވިލާތުން ތާޢީދުކުރާތީ އެކަމުގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން ކުރާ ކަމެއް ކަމަށެވެ. އަދި އެ އަމުރަކީ އަމިއްލަޒާތުގައިވެސް ޤާނޫނާ ޚިލާފު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

”1838 ވަނަ އަހަރުން ފެށިގެން އިނގިރޭސީންނާއި ފަލަސްޠީނުގެ ރައްޔިތުންނަށް ޚިދުމަތް ދެމުންދާ މި ކޮންސިއުލޭޓް ބަންދުކުރުމުގެ ފުރުސަތު އިޒްރޭލަށް ދީގެން ނުވާނެ،“ – ތޯންބެރީ

މިދިޔަ އާދިއްތަ ދުވަހު އެންގްލިކަން ކެތީޑްރަލްގައި ކުރި ދުއާގައިވެސް މި ކޮންސިއުލޭޓް ސަލާމަތްވުމަށް އެދި ދުއާކޮށްފައިވެ އެވެ.

ޚާައްޞަކޮށް، އެތަން ބަންދުކޮށްފިނަމަ ވަޒީފާ ގެއްލޭނެ ފަލަސްޠީނުގެ މުވައްޒަފުންގެ ހާލަތާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސެއިންޓް ޖޯޖްސް ކޮލެޖުގެ ޑީން ރިޗަޑް ސެވެލް ވިދާޅުވި ގޮތުގައި، ކޮންސިއުލޭޓް ބަންދުކުރުމަކީ ފަލަސްޠީނުގެ މުޖުތަމައަށް ދެވޭ އިތުރު ހަމަލާއެކެވެ. އަދި މީގެ ސަބަބުން އިރުމަތީ ޤުދުސްގައި ދިރިއުޅޭ އިނގިރޭސި ރައްޔިތުންނަށާއި، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

މީގެ އިތުރުން، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ ރިމެމްބްރެންސް ޑޭގެ ހިދުމަތުގައި އިނގިރޭސިވިލާތުގެ ޑިޕްލޮމެޓިކް ހާޒިރުވުމެއް ނޯވެދާނެތީވެސް ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

ތާރީޚީ ގޮތުން ބަލާއިރު، ދުނިޔޭގެ ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައިގައި ފަލަސްޠީނުގައި މަރުވި އިނގިރޭސި ސިފައިންގެ ހަނދާނުގައި ބާއްވާ މި ރަސްމިއްޔާތުގެ މައިގަނޑު ދައުރެއް އަދާކުރަނީ ބްރިޓިޝް ކޮންސިއުލް ޖެނެރަލް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.