ސައުދީގައި އިސްލާމް ދީނަށް މަލާމަތް ކުރުމުން މަރަން ޙުކުމްކުރި ލަންކާ މީހަކަށް އެހީވުމަށް ނަޝީދު ހުށަހަޅައިފި!

ފޭސްބުކް ޕޯސްޓެއްގައި އިސްލާމް ދީނަށް މަލާމަތް ކުރުމުން ސައުދީގައި މަރަން ޙުކުމް ކުރި ލަންކާ މީހަކަށް އެހީތެރިވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހަޅައިފި އެވެ.

ފޭސްބުކްގައި އިސްލާމް ދީނާ ދެކޮޅަށް ކުރި ޕޯސްޓަކާ ގުޅިގެން ސައޫދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައިވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނޯޖަން ސިވަރާސާއަށެވެ. ލަންކާގެ ނިއުސްވަޔާ ނޫޙުން ބުނެފައިވަނީ އަނޯޖަން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ނަޝީދު ނިންމަވާފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަނޯޖަންގެ މައްސަލައިގައި އިންސާނީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ސްރީލަންކާގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ ފައިޒާ މުސްތަފާއާއި އުޕުލް ކުމާރައްޕެރުމަ ރާއްޖެ ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރައްވާފައިވާ ކަމަށާއި، އަދި އޭނާ ސަލާމަތް ކުރުމަށް އެހީތެރިވެދިނުމަށް ނަޝީދު ނިންމާފައިވާ ކަމަށް ލަންކާގެ ބައެއް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. މުސްތަފާ އާއި ކުމާރައްޕެރުމައަކީ އަނޯޖަންގެ ވަކީލުންގެ ގޮތުގައިވެސް މަސައްކަތް ކުރާ ދެ ވަކީލުންނެވެ.

ލަންކާ ސަރުކާރުގެ ބަޔާނަކާ ހަވާލާދީ އެނޫހުގައި ބުނެފައިވަނީ، މުސްލިމް އުއްމަތަށް ނިސްބަތްކޮށް އަނޯޖަން ދައްކާފައިވާ ވާހަކަތައް ސީރިއަސް ކަމަށް ނަޝީދު ގަބޫލު ކުރައްވިނަމަވެސް އިންސާނީ ކަރާމާތަށްޓަކައި އެ ޒުވާނާގެ ފުރާނަ ސަލާމަތްކުރަަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި އަނޯޖަން ކޮށްފައިވާ އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް އޭނާއަށް އެހީތެރިވެދެއްވަން ނިންމެވީ އިންސާނިއްޔަތަށްޓަކައި ކަމަށް ނަޝީދު ބުނެފައިވެ އެވެ.

އަނޯޖަންއަކީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވަޒީފާ އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ މީހެކެވެ. އޭނާ ހައްޔަރުކުރީ ކުއްތާއަކާ ގުޅޭގޮތުން ފޭސްބުކްގައި ކުރިއަށްދިޔަ ބަހުސެއްގައި، އިސްލާމްދީނަށާއި ކީރިތި ރަސޫލާއާ ދެކޮޅަށް، (ފުރައްސާރަވާ ގޮތަކަށް) ކޮމެންޓުކުރުމުންނެވެ. މި މައްސަލައިގައި ސައުދީގެ ކޯޓަކުން ފުރަތަމަ އޭނާގެ މައްޗަށް އިއްވީ ސައިބާކްރައިމް ގާނޫނުގެ ދަށުން ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން މިލިއަން ސައުދީ ރިޔާލްގެ ޖޫރިމަނާއެކެވެ.

ނަމަވެސް، ސައުދީގެ ޕްރޮސެކިއުޓަރުން އެ މައްސަލަ އިސްލާމީ ޝަރީއަތުގެ ދަށުން އިސްތިއުނާފުކުރުމުން، އެޕެލެޓް ކޯޓުން ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.