2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުއިއްޒަށް އަރުވައިފި

ކުރިއަށް އޮތް 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓު ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.

މި ޓިކެޓު އެމަނިކުފާނަށް އަރުވާފައިވަނީ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ގޮތުން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. 1،000 އަށް ވުރެ ގިނަ މަންދޫބުންގެ ހާޒިރުގައި ބޭއްވި މި ޖަލްސާގައި ރައީސް ޑރ. މުއިއްޒަށް ޓިކެޓު ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައީސް ޑރ. މުއިއްޒަށް 2028 ގެ ރިޔާސީ ޓިކެޓު އަރުވާފައިވަނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކާ ނުލައެވެ. އެމަނިކުފާނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމަށް ޕީއެންސީގެ ކޮންގްރެސްއަށް ހުށަހެޅުނު ގަރާރާ މެދު ގޮތެއް ނިންމުމަށް އަތް ހިއްލައިގެން ނެގި ވޯޓުގައި ބައިވެރިވި 1،119 މެންބަރުންގެ އިއްތިފާގުން ވަނީ އެ ގަރާރު ފާސްކޮށްފަ އެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައި، ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ޕާޓީގެ މެންބަރުންގެ މަޖިލީހަށް ހުށަހަޅުއްވައިފިނަމަ ޕްރައިމަރީއަކާ ނުލައި ޓިކެޓު ދެވޭނެ ކަމަށް ޕީއެންސީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ މިނިވަންކަމާއި އިގްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދޭންޖެހޭ ކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.