ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ހިންގައިފި

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް މެސެޖުތަކާއެކު ހުޅުމާލޭ ޓްރެފިކް ފުލުހުން މަގުމައްޗަށް ނުކުމެ ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ހިންގައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އޮފީސްތަކަށް ދިއުމަށް އާންމު ދަތުރުފަތުރުކުރާ އެންމެ ކާރުބާރު ބޮޑު އެއްވަގުތު ކަމުގައިވާ ހެނދުނު 7:30 އިން 8:00 އަށް، ހުޅުމާލެ ފޭސް 1 ނިރޮޅުމަގު 2 ވަނަ ރުއްގަނޑު ހިމެނޭ ސަރަހައްދުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަރަކާތަކީ ޓްރެފިކާ ގުޅުންހުރި، އާންމު ރައްކާތެރިކުރުމުގެ މެސެޖުތައް ހިމެނޭ ބޯޑުތައް ހިފައިގެން ސައިލެންޓްކޮށް ހިންގި ހަރަކާތެކެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން، ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށާއި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުންނަށް މުހިންމު މެސެޖުތަކެއް ލިބިގެންދާނެއެވެ.

އެކްސިޑެންޓްތައް މަދުކުރުމަށާއި މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ހުޅުމާލެ ޓްރެފިކް ޕޮލިހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.