އެކްސިޑެންޓުވި ދެބަފައިންގެތެރެއިން ބައްޕަ ނިޔާވެއްޖެ

ހުޅުމާލޭގައި މިދިޔަ މަހު 31 ގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ އެވެ.

އެކްސިޑެންތްގައި ސީރިއަސް އަނިޔާތަކެއް ލިބި، ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ޅ. ކުރެންދޫ، މުހައްމަދު އަފީފު، 62 އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު އެކްސިޑެންޓު ހިނގީ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މި ސައިކަލް ދުއްވަން އިނީ އަފީފެވެ. އޭނާގެ ފަހަތުގައި އިނީ އުމުރުން 24 އަހަރުގެ ދަރިފުޅެވެ. އެކްސިޑެންޓް ހިނގާފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ އޭނާގެ ދަރިފުޅު ގޮވައިގެން، އޮފީހަށް ފިންގާ ޖަހަން ސައިކަލުގައި ދިޔަ މަގުމަތީގައެވެ. މި އެކްސިޑެންޓުގައި އޭނާގެ ދަރިފުޅަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އެކްސިޑެންޓުގައި އަފީފްގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން، ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިގެން އޮޕަރޭޝަނެއް ކޮށްފައިވާއިރު، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ވަނީ ފަރުވާދީފަ އެވެ.

އަފީފްއަކީ ތަޢުލީމީ ދާއިރާއަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކޮށްދީފައިވާ މަޤުބޫލު ދިވެހި ޓީޗަރެކެވެ. އެގޮތުން އޭނާ ވަނީ ކުރީގެ އެމްއީއެސް، އީޕީއެސް، އަމީނިއްޔާ ސްކޫލް، ޣާޒީ ސްކޫލް އަދި އަލިއްޔާ ސްކޫލުގައި ވެސް ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ނިޔާވުމާ ހަމައަށް ވެސް އޭނާ ދިޔައީ ގޭގައި ގިނަ އަދަދެއްގެ ކުދިންނަށް ދިވެހި މާއްދާއިން ޓިއުޝަން ނަގައިދެމުންނެވެ.

އަފީފުގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.