
މައިންބަފައިންނަށް އިޙްތިރާމްކުރުން 03
މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ނުރައްކާތެރިކަން:
ﷲ އަށް ޝިރްކުކުރުމަކީ އެންމެ ބޮޑު އެއްފާފަ އެވެ.
ޢާންމު ކޮށް ވާހަކަ ދައްކާއިރު މައިންބަފައިންނަށް ނުކިޔަމަންތެރިވާ ވަހަކަ އާއި ﷲ އަށް ޝިރްކުކުރުމާ، މި ދެ ވާހަކަ ދައްކާއިރު ދަރަޖައިގެ ތަފާތު ވަރަށް ބޮޑަށް އިޙްސާސްކުރެވޭނެ އެވެ.
ފަހަރެއްގައިވެސް މިއީ ﷲ އަށް ޝިރްކުކުރުމުގެ ފާފަ ކުޑަވަނީ އެއް ނޫނެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވުން ބޮޑެވެފައި ނުރައްކަލީ އެވެ.
ބުޚާރީގައި ރިވާވެގެންވާ ގޮތުގައި، އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިކަން ތިޔަބައިމީހުންނަށް ބުނެދެންތޯ ރަސޫލާ ތިން ފަހަރު ސުވާލުކުރެއްވި އެވެ. އެއަށްފަހު ﷲ އަށް ޝިރުކުކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުން ހިމެނުއްވި އެވެ.
މައިންބަފައިންނަށް ނުކިޔަމަންތެރިވުން ޝިރުކާ އެއްހަމައެއްގައި ގެންނެވުމުން އެނގެނީ އިސްލާމްދީނުގައި މިކަމަށް ދީފައިވާ އަހައްމިއްޔަތެވެ.
ނުނިމޭ…



