މިނިސްޓަރު ޢަލީ ޝަރީފް، އިންޑިއާގެ އެންވަޔަރަންމަންޓް މިނިސްޓަރާ ބައްދަލުކުރައްވައިފި

މޮންގޯލިއާގެ އުލާންބާތާގައި މިހާރު ކުރިއަށްދާ ޔޫއެންސީސީޑީ ކޮޕް-17 ސަމިޓުގެ ހަވާސާގައި، މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރައިގެ މިނިސްޓަރު ޢަލީ ޝަރީފް، އިންޑިއާގެ ޔޫނިއަން ކެބިނެޓް މިނިސްޓަރ ފޮރ އެންވަޔަރަންމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް، ބުޕެންދަރ ޔާދަވްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ޝަރީފްގެ އަރިހުގައި ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އަލުން ކަށަވަރުކުރައްވައި، ތިމާވެށީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، ގުދުރަތީ ނިޒާމުތައް އިއާދަކުރުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، ސެޓެލައިޓް ޑޭޓާއާއި ޖައްވީ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން ކަނޑޫފާ ރައްކާތެރިކޮށް އާލާކުރުމުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، ރިމޯޓް ސެންސިންގ އަދި އާތު އޮބްޒަވޭޝަންގެ ދާއިރާއިން މިހާރުވެސް އޮތް ގުޅުން އިތުރަށް ފުޅާކުރުމަށާއި، ގޮނޑުދޮށާއި ކަނޑުގެ ދިރުންތަކުގެ ނިޒާމުތައް ބެލެހެއްޓުމާއި، ތިމާވެށި މޮނިޓަރކުރުމުގެ ދާއިރާއިން ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.