އިޒްރޭލަށް ”ރަތް ރޮނގު“ ކަނޑައަޅަން ފުރުޞަތެއް ނުދޭނަން – އުރްދުޣާން

ތުރުކީން ސޫރިޔާ ދޫކޮށްލާކަށް ނުވަތަ އިޒްރޭލަށް ”ރަތް ރޮނގު“ ކަނޑައަޅަން ފުރުޞަތު ނުދޭނެ ކަމަށް އުރްދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާން ހޯމަ ދުވަހު ރައްދުދެއްވީ، ފާއިތުވި ހަފުތާގައި ސޫރިޔާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ދިން ޙމަލާތަކާ ގުޅިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމަނިކުފާނު ވިދާޅުވީ، ސަރަހައްދުގެ ގާތް އެކުވެރިން ދޫކޮށްނުލާނެކަމަށާއި އަދި ބޭރުގެ އެއްވެސް ބާރަކަށް ތުރުކީގެ ޚާރިޖީ ސިޔާސަތުގެ މިންގަނޑުތައް ކަނޑައަޅަން ނުދެވޭނެ ކަމަށެވެ.

އިޒްރޭލުން ވަނީ ތުރުކީން އެ ސަރަހައްދުގައި ވައިގެ ދިފާޢީ ނިޒާމުތަކެއް ޤާއިމުކުރަން އުޅޭކަމަށް ތުހުމަތުކޮށް، އުތުރު ސޫރިޔާގެ ތުރުކީ ކައިރީގައި އޮންނަ އަބޫ އަލް-ދުހޫރު އަސްކަރީ ވައިގެ ބަނދަރަށް އެކި ޙަމަލާތައް ދީފަ އެވެ.

އިޒްރޭލުގެ އޮފިޝަލުން ތަކުރަރުކޮށް ބުނެފައިވަނީ ސޫރިޔާގައި ތުރުކީ ސިފައިން ވައިގެ ބަނދަރުތައް ބޭނުންކުރުމަކީ ”ރަތް ރޮނގު“ ހުރަސްކުރުން ފަދަ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ސޫރިޔާގެ ވައިގެ ސަރަހައްދުގައި އިޒްރޭލަށް ލިބިފައިވާ މިނިވަންކަމަށް ހުރަސްއެޅުގެންދާކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ކެބިނެޓް ބައްދަލުވުމަކަށް ފަހު ބިތްލީސް ޕްރޮވިންސުގެ އަހްލާތުގައި ވާހަކަދައްކަވަމުން އުރްދުޣާން ވިދާޅުވީ، ”ސިޔާސީ ގޮތުން މަރުވެފައިވާ އަދި ބޮޑާ ހާކާ ޤާބިލުކަމެއް ނެތް މީހުން، އެމީހުންގެ ސިޔާސީ ބޭނުންތަކަށް އަހަރެމެންގެ ނަން ނުބައިކޮށް ބޭނުންކުރުމުގެ ފުރުޞަތު އަހަރެމެން ނުދޭނަން،“ ކަމަށެވެ.

ސޫރިޔާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރްދުޣާން ވިދާޅުވީ ތުރުކީއަށް އިތުބާރުކުރާ އެއްވެސް ރަޙަމަތްތެރިއަކު ނުވަތަ އަޚަކު އެއްގޮތަކަށްވެސް އެކަހެރިކޮށް ނުލާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.