300 އަހަރުގެ ޒަމާންވީ މަސްޖިދުލް ރަޙްމާގެ އާބާތުރަ ފިލުވައިފި

ދަނގެތީގެ އެންމެ އިސްކޮށް ޙަރަކާތްތެރިވާ ޖަމްޢިއްޔަތުލް ޤަލަމުން މަސްޖިދުލް ރަޙްމާ (ކުޑަމިސްކިތް) އާބާތުރަ ފިލުވާ ”މިސްކިތު ޕްރޮޖެކްޓް 4 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އެޓޯލް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ މިސްކިތުގެ އިމާމް އަޙްމަދު ސަވާދު (އަޙްމަދުބެ) ވިދާޅުވީ މިސްކިތް ޕްރޮޖެކްޓަށް ހުޅުވާލުމުން އެކަށީގެންވާ އެހީތެރިކަމެއް ލިބުނުކަމަށާއި މިހާރު މިވަނީ މި މަސައްކަތް އެއްކޮށް ނިންމައި ރަށުކައުންސިލާ މިސްކިތް ޙަވާލުކޮށްފަކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
Photo: Jamiyyathul Qalam
Photo: Jamiyyathul Qalam

”މި މިސްކިތުގެ ބައެއް ލިޔުންތަކުން އެބަފެނޭ 127 ވަރަކަށް އަހަރުވެފައި ވަކަން، އެކަމަކު ބުނެވޭ ގޮތުގައި މި މިސްކިތަށް 300 އަށްވުރެ ގިނަ އަހަރުވެދާނެ، އެހެން ވީމަ ޖަމްޢިއްޔަތުލް ޤަލަމުން މިމަސައްކަތް ކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ މި އަގުބޮޑު އަމާނާތް، މިމިސްކިތުގެ އަސްލު ނުގެއްލޭގޮތަށް، ތަރައްޤިކުރުމަށް، އެކަން ވަރަށް ފުރިހަމައަށް ޖަމްޢިއްޔަތުލް ޤަލަމުންވަނީ ކޮށްފަ“. އަހްމަދުބެ-

އަޙަމަދުބެ އިތުރަށް ވާޙަކަދައްކަމުން ވިދާޅުވީ މި މިސްކިތުގެ ގޯތި ތެރޭގައި ވަރަށް ޒަމާންވީ ކަދުރު ރުކެއްވެސް ހުންނަކަމަށާއި ބައެއް ފަހަރު ކަދުރު އަންނަކަމަށެވެ.

މިސްކިތް ރީތިކޮށް ބޭއްވުމަށާއި މިސްކިތައް މީހުން އަހުލުވެރިކުރުވުމަކީ އަބަދުވެސް ޖަމްޢިއްޔަތުލް ޤަލަމުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރެވޭ ކަމެއްކަމަށެވެ.

Photo: Jamiyyathul Qalam
Photo: Jamiyyathul Qalam

މަސްޖިދުއް ރަޙްމާގައި ކުރެވުނު ބޮޑެތި މަސައްކަތްތަކަކީ:
– މިސްކިތް ގޯތިތެރޭ ވޯކްވޭ ހަދައި ގާ އެތުރުން
– ބޯފެން އިސްކޫރު މަގަށްވާގޮތަށް ބޭރުން ފެންނެގޭނެހެން ބަދަލުކުރުން
– ސަހަރާއަށް ވަންނަން ހުރި ދޮރު ބޮޑުކޮށް ހުރިހާ ދޮރުތައް ފުޅާކޮށް ތަނބުއެޅުން
– ގާޑަން ލައިޓް ހަރުކުރުން
– ދެވަޅުގެ ރެންދުތަށް ބައްދައި ރަނގަޅުކުރުން
– އާދާންޏާއި ދާނިބަހަށްޓާ ސްޓޭންޑް ހެދުން
– މިސްކިތު އިމާރާތުގެ ހުރިހާ ލައިޓާއި ފަންކާ ބަދަލުކުރުން
– ކުލަފައިބާ ހުރިހާ ފާރުތަށް ކޮށައި ހިލަވެލިން ސިމެންތި ޖެހުން
– ހުރިހާ ލަކުޑީގައި ވުޑްޑައީ ލުން
– މިސްކިތު އެތެރެއާއި ބޭރު ކުލަލުން
– މިސްކިތު އެތެރޭ ނެވިލޯނު އެޅުން
– މިސްކިތު ގޯތިތެރޭ ޕާކްތަކަށް ފެންލިބޭނެހެން ފެންވަޔަރ ކުރުން

ޖަމްޢިއްޔަތުލް ޤަލަމް އަކީ ރާއްޖޭގައިވެސް ފާހަގަ ކޮށްލެވޭ ހަރުދަނާ ނަމޫނާ ދީނީ އަދި އިޖްތިމާޢީ ޖަމްޢިއްޔާ އެކެވެ.

އެޓޯލް ނިއުސް އިން އެދެނެ އެ ޖަމްޢިއްޔާއިން ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުމެވެ. އަދި މިފަދަ ކަންކަމަށް އެހީތެރިވާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލެއްވުމެވެ. އާމީން

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.