އަފްޣާނިސްތާންގެ 4 މިލިއަނެއްހާ ކުދިން ވަނީ ސިއްޙީގޮތުން ނިކަމެތިވެފައި

އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 4 މިލިއަން ކުދިންނަށް ކާނާބުއިމުގެ ނިކަމެތިކަން އިންތިހާއަށް ކުރިމަތިވެފައިވާކަމަށް ”ސޭވް ދަ ޗިލްޑްރަން“ އިން ހާމަކޮށްފިއެވެ. އެ ޖަމްޢިއްޔާއިން ބުނާގޮތުގައި، ސިއްހީ ދާއިރާއަށް ލިބޭ އެހީތެރިކަން ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން، އަފްޣާނިސްތާނުގެ ކޮންމެ 10 ކުއްޖަކުން އެކަކު ދަނީ މި ހިތްދަތި ހާލަތު ތަހައްމަލު ކުރަމުންނެވެ.
އައު ދިރާސާތަކުން ދައްކާގޮތުގައި، އަފްޣާނިސްތާނުގެ ތުއްތު ކުދިންނާއި ކުޑަކުދިންގެ ތެރެއިން ކޮންމެ 10 ކުއްޖަކުން އެކަކަކީ ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވެ، ސިއްހީ ދާއިރާއިން ބަލާއިރު ”އެކިއުޓް މަލްނިއުޓްރިޝަން“ ނުވަތަ ކާނާބުއިމުގެ ނިކަމެތިކަން އިންތިހާއަށް ތަހައްމަލު ކުރަމުންދާ ކުދިންނެވެ. މިކަމުގެ ސަބަބުން ކުދިންގެ ހަށިގަނޑު ނުރައްކާތެރި މިންވަރަކަށް ހިކި، މަސްތައް ދަށަށްދެއެވެ.
އަފްޣާނިސްތާނުގެ ކުޑަކުދިންނަށް ކުރިމަތިވެފައިވާ މި ކާރިސާގެ މައިގަނޑު ސަބަބުތަކަށް ބަލާއިރު:

އިންސާނީ އެހީތެރިކަން ދަށްވުން:ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އަފްޣާނިސްތާނަށް ލިބޭ އިންސާނީ އެހީ ވަނީ ގާތްގަނޑަކަށް %70 ދަށަށް ގޮސްފައެވެ. 2022 ވަނަ އަހަރު 3.27 ބިލިއަން ޑޮލަރުގެ އެހީ ލިބުނު ނަމަވެސް، 2025 ވަނަ އަހަރު މި އަދަދު ވަނީ 1 ބިލިއަން ޑޮލަރަށް ތިރިވެފައެވެ. އަދި 2026 ވަނަ އަހަރުގެ މިހާތަނަށް ލިބިފައިވަނީ ބޭނުންވާ ފައިސާގެ އެންމެ %26 އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސިއްހީ މަރުކަޒުތައް ބަންދުވުން:ފައިސާގެ ދަތިކަމާހުރެ، އަސާސީ ސިއްހީ ހިދުމަތްދޭ 600 އެއްހާ މަރުކަޒު ވަނީ ބަންދުކުރަން ޖެހިފައެވެ. މީގެ ސަބަބުން ގާތްގަނޑަކަށް 4 މިލިއަން މީހުންނަށް، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭހެން، ސިއްހީ ހިދުމަތުން މަހުރޫމްވެފައިވެއެވެ.

އާބާދީ އިތުރުވުން:2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަފްޣާނިސްތާނުގެ އާބާދީ ވަނީ %12 އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ޕާކިސްތާނާއި އީރާނުން 6 މިލިއަނަށްވުރެ ގިނަ އަފްޣާން ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމެވެ.

ސިޔާސީ އަދި އިގްތިސާދީ ހާލަތު:2021 ވަނަ އަހަރު ތާލިބާނުން ވެރިކަމަށް އައުމާ ގުޅިގެން، ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުން ވަނީ އެހީ ދިނުން ހުއްޓާލާފައެވެ. އެމެރިކާއިން ވަނީ އަފްޣާނިސްތާނުގެ ރިޒާވް ފައިސާ ހިފަހައްޓައި، ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މީގެ އިތުރުން، އަންހެން މުވައްޒަފުން އިންސާނީ އެހީ ފޯރުކޮށްދިނުމުގައި މަސައްކަތްކުރުން ތާލިބާނުން މަނާކުރުމަކީވެސް އެހީ ފޯރުކޮށްދިނުމަށް އެޅިފައިވާ ބޮޑު ހުރަހެކެވެ.

”ސޭވް ދަ ޗިލްޑްރަން“ ގެ އަފްޣާނިސްތާނު ޑިރެކްޓަރު އާޝިޝް ދަމްލޭ ވިދާޅުވީ، ދުނިޔެއިން މިކަމަށް ފުރަގަސްދީގެން ނުވާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުއަށް އޮތް އިހްތިޔާރަކީ، އާއިލާތައް ހާލުގައި ޖެހި ނިމެންދެން މަޑުކުރުން ނުވަތަ ކުދިންގެ ފުރާނައާއި މުސްތަގުބަލު ސަލާމަތްކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިވަގުތު އަފްޣާނިސްތާނުގެ އުތުރުގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި 10،000 އެއްހާ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ޖަމްޢިއްޔާއަކީ ”ސޭވް ދަ ޗިލްޑްރަން“ އެވެ. ނަމަވެސް، އެހީގެ މިންވަރު މަދުވަމުންދާތީ، މިފަދަ ހިދުމަތްތައް ދެމެހެއްޓުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.