މަންފާގެ ފުރަތަމަ ޤުރްއާން ކޭމްޕް އދ. މަހިބަދޫގައި

”މަންފާ ޤުރްއާން ކޭމްޕް“ އަކީ ސިލްސިލާކޮށް ކޮންމެ އަހަރަކު ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކޭމްޕެކެވެ. މިޙަރަކާތް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮގަސްޓް 26 އިން 28 މަހިބަދޫގަ އެވެ.

މި ކޭމްޕަށް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ޤާރީންނާއި ޤުރްއާން މުދައްރިސުން ބައިވެރިވެ ޤާރީންގެ ކިޔެވުން އަޑުއިވިގެންދާކަމީ މި ޙަރަކާތަށް ލިބޭ އިތުރު ފުރިހަމަ ކަމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޤުރްއާން ތިން މުބާރާތް

މި ޙަރަކާތް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ މަންފާ އެކަޑަމީގެ ނާއިބު ރައީސް ޤާރީ ތައުފީޤު ވިދާޅުވީ ”މަންފާ ޤުރްއާން ކޭމްޕް“ ގައި ޤުރްއާން މުބާރާތްތަކެއްވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިން މުބާރާތެއް ކުރިއަށް ގެންދާނެ އެވެ.

އެއް މުބާރާތަކީ މުޅި އދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދާނީ ފަސް ޢުމުރުފުރައަކަށް ބަހާލައިގެންނެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލާފަ އެވެ. އެކަމަށް ޚާއްސަ އެޕްލިކޭޝަން މެދުވެރިކޮށް މުބާރާތަށް ކިޔެވުން ފޮނުވޭނެ އެވެ.

މުބާރާތަށް ފޮނުވާ ކިޔެވުންތަކަށް ފަނޑިޔާރުން އިންސާފު ކުރުމަށް ފަހު ފައިނަލް ރައުންޑަށް 30 ބައިވެރީން ހޮވާނެ އެވެ. ފައިނަލް ބުރުގެ ކިޔެވުންތައް އޮންނާނީ މަހިބަދޫގަ އެވެ.

މީގެ އިތުރުން އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ޚާއްޞަކޮށްގެން ވެސް ޤުރްއާން މުބާރާތެއް އޮންނާނެ އެވެ. މިއީ މަހިބަދޫގެ ރައްޔިތުންނަށް ޚާއްސަ މުބާރާތެކެވެ. އަދި ޢުމުރުން ހަ އަހަރުން ދަށުގެ ކުދީންނަށް ޚާއްޞަ މުބާރާތެއް ވެސް ބާއްވަން ވަނީ ނިންމާފަ އެވެ.

ތަޢުފީޤު ވިދާޅުވި ގޮތުގައި މި މުބާރާތުގައި ބަލާނީ އެންމެ ރަނގަޅަށް އަކުރުކިޔޭ ކުދީންނާއި ކަނޑައެޅިފައިވާ ވަޤުތުގައި އެންމެ ގިނަ ކަލިމަ ކިޔާ ދަރިވަރުންނެވެ.

ޤުރްއާނާއި ގުޅޭ ތަފާތު ވޯކްޝޮޕްތަކާއި ބަންގި ވޯކްޝޮޕް

”މަންފާ ޤުރުއާން ކޭމްޕް“ ގައި ހިމެނިގެން ޤުރްއާނާއި ގުޅޭ ވޯކްޝޮޕްތައްވެސް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

އެގޮތުން ޤުރުއާން ޓީޗަރުންނަށް ޚާއްސަ ވޯކްޝޮޕެއް އޮންނާނެ އެވެ. އަދި ޢާންމުންނަށް ބައިވެރިވެވޭނެ ގޮތަށްވެސް ޤުރްއާނާ ގުޅޭ ޚާއްޞަ ވޯކްޝޮޕެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

މި ވޯކްޝޮޕްތަކުގައި ތަޖުވީދުގެ ހަމަތަކާއި ޤުރުއާން ކިޔެވުމުގައި ވިސްނަން ޖެހޭ ކަންކަމާއި ޤުރްއާންގެ ޢިލްމާ ގުޅޭ މުހިންމު އެތައް މަޢުލޫމާތުތަކެއް ޙިއްޞާ ކުރެވޭނެ އެވެ. އަދި ތަފާތު އެކި ޤިރާޢަތްތަކަށް ކިޔަވާނެ ގޮތާއި އެކަމާއި ގުޅޭ މަޢުލޫމާތުވެސް ޙިއްޞާކުރާނެ އެވެ.

މީގެ އިތުރުން ޚަތީބުންނާއި އިމާމުންނަށް ޚާއްސަ ބަންގި ވޯކްޝޮޕެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ޢާންމުންނަށް ދަރުސްތަކެއް، ކުޑަކުދީންނަށް ޚާއްޞަ ހަވީރެއް

މަހިބަދޫގައި އޮންނަ ”މަންފާ ޤުރްއާން ކޭމްޕް“ ގައި ޢާންމު ރައްޔިތުންނަށް ޚާއްސަކޮށްގެން ދަރުސްތަކަކާއި ކުޑަކުދީންގެ ހަވީރެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ހުރިހާ ބައިވެރީންގެ މެދުގައި ގުރުއަތެއް، އިނާމަކަށް ޢުމްރާ ދަތުރެއް

އެ ޖަމިއްޔާއިން ބުނީ ”މަންފާ ޤުރުއާން ކޭމްޕް“ ގެ ހަރަކާތްތަކުގައި ބައިވެރިވާ އެންމެންގެ މެދުގައި ހާއްސަ ގުރުއަތުލުމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ޤުރުއާނަށް ޚާއްސަކޮށް މިފަދަ ހަރަކާތެއް މިހާ ފުޅާކޮށް ބާއްވާ ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.