
ހޮޅުދޫގެ ފެނުގެ ނިޒާމް ނިމިއްޖެ
ނ. ހޮޅުދޫގެ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ އެވެ.
އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމުމާއެކު ޓެސްޓްކޮށް ކޮމިޝަން ވަނީ ކުރެވިފައި އެވެ.
ކޮމިޝަން ކުރުމުގެ މަސައްކަތުގައި މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދު، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުން، ކޮންޓްރެކްޓަރ، ފެނަކަ ކޯޕަރޭޝަނުން އަދި ކައުންސިލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫޢުގެ ދަށުން 6.6 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް، 60 ޓަނުގެ 2 އާރްއޯ ޕްލާންޓް، 25 ޓަނުގެ ވާރޭ ފެން ޕްލާންޓް، 350 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކް އަދި 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކް ޤާއިމުކޮށްފައިވެ އެވެ.
ދެން ކުރިއަށްދަނީ، މި ނިޒާމު އޮޕަރޭޓްކުރުމުގެ ގޮތުން އޮޕަރޭޓަރާއި ހަވާލުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކެވެ.



