މޫދުގެ ދިރުންތަކާބެހޭ ހަވަނަ ސިމްޕޯޒިއަމްގައި މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފި

ދިވެހިރާއްޖޭގެ ކަނޑުފަޅުތަކާއި މޫދުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، މިދާއިރާއިން ހޯދިފައިވާ ކުރިއެރުންތައް ހިއްސާކުރުމަށް ބޭއްވި ”ހަވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ސިމްޕޯޒިއަމްއަކީ ސައިންޓިފިކް ހޯދުންތަކާއި، އުނގެނުމާއި، އަދި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ހުޅުވާލެވުނު މުހިންމު މަންސައެކެވެ. މި ބައްދަލުވުމުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މުހިންމު ކަރުދާސްތަކެއް ވަނީ ހުށަހަޅާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސިމްޕޯޒިއަމްގައި މިނިސްޓްރީގެ ޑިރެކްޓަރ އޮފް ޕްރޮޓެކްޓަޑް އޭރިއާސް، މުޙުސިނާ ޢަބްދުލްރަޙްމާން ވަނީ ”މޯލްޑިވްސް 30×30 ރޯޑްމެޕް“ އާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މިއީ ”ކުންމިންގ މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް“ ގެ ތިންވަނަ އަމާޒަށް ވާސިލްވުމަށްޓަކައި ރާއްޖެއިން އެކަށައަޅާފައިވާ މުހިންމު މަގުޗާޓެކެވެ. މީގެ މައިގަނޑު ބޭނުމަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ ކަނޑާއި އެއްގަމުގެ ސަރަހައްދުތަކުގެ ތެރެއިން %30 ހިމާޔަތްކުރުމެވެ

މީގެ އިތުރުން، ޕްރޮޓެކްޓަޑް އޭރިއާސް މެނޭޖްމަންޓް އެނަލިސްޓް، ޢާއިޝަތު އަމަލް ވަނީ ރާއްޖޭގެ ބައެއް މުހިންމު ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ މެނޭޖްމަންޓްގެ ނަތީޖާ ނެރެވޭ މިންވަރާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ދިރާސާއެއް ހިއްސާކުރައްވާފައެވެ. މި ދިރާސާގައި ހަނިފަރު އެމް.ޕީ.އޭ (Hanifaru MPA)، ސަމްޕާ (SAMPA)، އަދި ފަރިކެޑެ އެމް.ޕީ.އޭ (Farikede MPA) ހިމެނެއެވެ.

މިފަދަ ސިމްޕޯޒިއަމްތަކަކީ ލިބިފައިވާ އިލްމާއި ތަޖުރިބާ، އަމަލީ މަސައްކަތާ ގުޅުވައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ހަރަކާތްތަކެކެވެ. މިއީ ރާއްޖޭގެ ކަނޑުގެ މާހައުލު ކުރިމަގުގެ ޖީލުތަކަށްޓަކައި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭ ބޮޑު ބާރެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.