ޙައްލުނުވި ޑޮލަރުގެ މައްސަލަ: ޢުމްރާނީ ހުރިހާ މަސައްކަތްތަކެއް ހުއްޓާލަންޖެހޭ – ރައީސް ނަޝީދު

ރާއްޖޭގެ އިޤްތިސާދީ ޙާލަތާއި ޑޮލަރުގެ އަގު އުފުލުމުގެ މައްސަލައާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް މުހިންމު ހުށަހެޅުމެއް ހުށަހަޅުއްވައިފި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޑޮލަރުގެ އަގު ތިރިނުވަނީސް ސަރުކާރުން އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދުތައް ފިޔަވައި ޢުމްރާނީ މަޝްރޫއުތަކެއް ވަޤުތީ ގޮތުން މެދުކަނޑާލުން މުހިންމެވެ.

މިކަމާ ގުޅޭގޮތުން ނަޝީދު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ރަށު ކައުންސިލްތަކާ ޙަވާލުކޮށް ކްރޮސް ސަބްސިޑީގެ އުސޫލުން އެ މަސައްކަތްތައް ނިންމުމަކީ ލިބޭނެ ފަސޭހައެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

aani

މި މައްސަލައިގައި އިދިކޮޅު އެމްޑީޕީ އާއި ސަރުކާރާ ދެމެދު ބަހުގެ ޙަމަލާތަކެއް ވަނީ ބަދަލުކުރެވިފައެވެ.

ޑޮލަރުގެ އަގު 21ރ އަށް އަރާފައި ވާކަމަށް ފާފަގަ ކުރައްވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މި ސަރުކާރަށް ބޭރުން ޑޮލަރު ހޯދުމުގައި ނާކާމިޔާބުވެފައިވާ ކަމަށާއި، ދައުލަތުގެ މާލިއްޔަތުން ބޮޑެތި އިސްރާފުތަކެއް ކުރަމުންދާ ކަމަށެވެ.

އަމީރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މިހާރުގެ އިކޮނަމިކް މިނިސްޓަރ ސޢިދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިޙާލަތަށް ވެއްޓުނީ އަމީރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އިޤަތިޞާދީ ދަތިކަމުގެ ވާހަކަ ދެއްކެވުމުގެ އަޚްލާޤީ ޙައިސިއްޔަތު އަމީރުގެ ކިބައިގައި ނެތް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.