ފަޔަރ އިންވެސްޓިގޭޝަން ކޯސް ކުރިއަށް ގެންގޮސްފި

ތައިލެންޑުގެ އިންވެސްޓިގޭޓިވް ފޮރެންސިކް އިންޓަގްރޭޝަން ކޮމްޕެނީއާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެން ”ފަޔަރ އިންވެސްޓިގޭޝަން ކޯސް“ ކުރިއަށް ގެންގޮސްފިއެވެ.

މި ޖޫން މަހުގެ 3 އިން 15 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި، އަލިފާނުގެ ހާދިސާތައް ހިނގާ ސަރަހައްދުތައް ބަލައި ފާސްކުރުމާއި، އަލިފާން ފެތުރިފައިވާ ގޮތް ދެނެގަތުމާއި، އަލިފާން ރޯވި ސަބަބާއި އަސްލު ދެނެގަތުމުގެ އިތުރުން، އެފަދަ ހާދިސާތަކުގެ ހެކި ދެނެގަނެ ތަފުސީލީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ އިލްމާއި އަމަލީ ހުނަރު ދަސްކޮށްދީފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސްޕެޝަލިސްޓް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ފޮރެންސިކް ފުލުހުން ހިމެނޭ ގޮތަށް 20 ފުލުހުން ބައިވެރިވެ ކާމިޔާބުކަމާއެކު މި ކޯސް ފުރިހަމަކޮށްފައިވެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.