ޚަބަރު ފީތާ

އިލްހާމް އާއި ފަލާހު ޕީޕީއެމްގެ ޕީޖީގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް.

 

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މިއަދު ހަމަޖައްސައިފިއެވެ.

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު  މި މަގާމަށް ހަމަޖެއްސީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން މިއަދު ނެގި ވޯޓުންނެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން މިއަދު ނެގި ވޯޓުން އިލްހާމުއާއި ފަލާހު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުންނަށް އައްޔަން ކުރުމާއިއެ ޕީޕީއެމްގެ ޕީޖީ ގްރޫޕުގައި ތިން ޑެޕިއުޓީ ލީޑަރުން ތިއްބަވާނެއެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއެކުގައެވެ.

ޕީޕީއެމް އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތް ތެެރިވި އިލްހާމްއަކީ މީގެ ކުރިން ގިނަ ސިޔާސީ ޕާޓީތަކުގެ އިސް މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ޑީއާރުޕީ އާއި ޕީޕީއެމާއި އަދި ޖުމުހޫރީ ޕާޓީގެ ނައިބު ރައީސްކަމުގެ އިތުރުން ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމާއި ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމް ވެސް ފުރުއްވާފައި ވެއެވެ.

މި މަގާމުތަކަށް އަދާޖުރެއްވުމަށް ފަހު ޖޭޕީއާ ގުޅި ވަޑައިގެން އުޅުއްވުމަށްފަހު އަލުން ޕީޕީއެމް އާއި ގުޅި ވަޑައިގެންފައިވަނީ ދާދި ފަހުންނެވެ.

Rate this post