މަގޭ ވޯޓު – މަގޭ ނަޒާޙަތްތެރިކަން ނަމުގައި ޚާއްޞަ ކެމްޕެއިނެއް ފަށައިފި

މަގޭ ވޯޓު – މަގޭ ނަޒާޙަތްތެރިކަން ނަމުގައި އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޚާއްޞަ ކެމްޕެއިނެއް ފަށައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޢާންމުން ހޭލުންތެރިކުރުމަށް އަމާޒުކޮށްގެން ފެށި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ އޭސީސީގެ ރައީސް ހަސަން ލުތުފީ އެވެ.

އިޝްތިހާރު Below Header ad

އޭސީސީން ބުނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަމުގައި ހިންގާ ކޮރަޕްޝަނުގެ ޢަމަލުތަކަށް ޢާންމުން ހޭލުންތެރިކުރުވުމަށް ފެށި މި ޕްރޮގްރާމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ޢާންމުން ހޭލުންތެރި ކުރުމަށް ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި މި ކެމްޕޭން އިތުރަށް ފުޅާކޮށް ޓީވީ އާއި ރޭޑިއޯ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިއަށް އޮތް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ހުޅުވާލާފައިވާ އިރު، އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުންވާ މީހުންނާއި އޮފިޝަލުންގެ ގޮތުގައާއި އޮބްޒަރވަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުންވެސް ރަޖިސްޓްރީ ކުރުމަށް މިހާރުވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާާބުގައި ވޯޓް ލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.