އުތުރު ކޮރެއާގެ އެންމެ ބާރުގަދަ މިސައިލް ދައްކާލައިފި

އުތުރު ކޮރެއާއިން އެންމެ ފަހުން އުފެއްދި އެންމެ ބާރުގަދަ މިސައިލް ދައްކާލައިފި އެވެ.  

އުތުރު ކޮރެއާއިން އެންމެ ފަހުން އުފެއްދި، އަދި އެންމެ ބާރުގަދަ އިންޓަރ ކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް (އައިސީބީއެމް) އެގައުމުގެ އަސްކަރީ ޕެރޭޑެއްގައި ދައްކާލައިފިއެވެ. މި ޕެރޭޑުގައި އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން ވެސް ބައިވެރިވެފައިވާ ކަމަށް އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ (ކޭސީއެންއޭ) އިން ރިޕޯޓުކޮށްފައި ވެއެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އުތުރު ކޮރެއާގެ ވެރިކަންކުރާ ވޯކަރސް ޕާޓީއަށް 80 އަހަރު ފުރުން ފާހަގަ ކުރުމަށް އެގައުމުގެ ވެރިކަންކުރާ ޕިޔޮންގިޔަންގްގައި ހުކުރު ދުވަހު ބޭއްވުނު މި އަސްކަރީ ޕެރޭޑްގައި ބަލިސްޓިކް މިސައިލްގެ އިތުރުން، އެގައުމުން އުފައްދާފައިވާ އިތުރު ހަތިޔާރުތައްވެސް ވަނީ ދައްކާލާފައެވެ. އޭގެތެރޭގައި ދުރުރާސްތާ ކްރޫސް މިސައިލްއާއި ޑްރޯން ދޫކުރާ ވެހިކަލްތައް ވެސް ހިމެނެއެވެ. ނަމަވެސް މި ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވޭ އެއްޗަކަށް ވެފައިވަނީ އެގައުމުން މިހާތަނަށް އުފެއްދި ”އެންމެ ބާރުގަދަ ނިއުކްލިއާ ހަތިޔާރު ސިސްޓަމް“ ގެ ގޮތުގައި އަސްކަރިއްޔާއިން ފާހަގަކޮށްފައިވާ ބަލިސްޓިކް މިސައިލް ”ހްވަސޮންގ- 20 އައިސީބީއެމް“ އެވެ. 

އުތުރު ކޮރެއާގެ މީޑިއާއިން ބުނެފައިވަނީ، ކާބަން ފައިބަރއިން އުފައްދާފައިވާ މިސައިލްގެ އިންޖީނުން 1971 ކިލޯނިއުޓަންގެ ބާރުގަދަ ހަކަތަ އުފެއްދުމުގެ ކުޅަދާނަކަން ހުރި ކަމަށާއި، މިއީ މިހާތަނަށް އުތުރު ކޮރެއާއިން އުފައްދާފައިވާ ހުރިހާ ރޮކެޓަކަށް ވުރެ ބާރުގަދަ އިންޖީނެއް ކަމަށެވެ. އަދި ދުރުރާސްތާ މިސައިލް އުފެއްދުމުން ލިބިފައިވާ ބޮޑު ކުރިއެރުމެއް ކަމަށެވެ. 

މިއަހަރު ނިމުމުގެ ކުރިން މި މިސައިލް ޓެސްޓު ކުރާނެ ކަމަށް ވެސް އެގައުމުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.