ވަޒީރު ހީނާ ޗައިނާގެ ޤައުމީ އަރުޝީފަށާއި ޒެޖިއަންގް ލައިބްރަރީއަށް ޒިޔާރަތްކުރައްވައިފި

ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ޤައުމީ އަރުޝީފަށާއި ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ޒިޔާރަތްކުރައްވައިފި އެވެ

ޗައިނާގެ ހަންގްޒޫގައި ހުންނަ ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ އަށް ވަޒީރު ހީނާ ވަލީދު ކުރެއްވި ޒިޔާރަތުގައި، އެ ޤައުމުގެ ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އަންނާން އޮތް ޖީލުތަކަށް ސަގާފީ ހަނދާންތައް ދެމެހެއްޓުމުގައި ލިޔުންތެރިކަން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައި، އެ ކަންކަން ބައްލަވާލައްވާފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި ވަޒީރު ހީނާ ވަލީދު، ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ވެސް ޒިޔާރަތްކުރައްވައި، ލިޔެކިޔުންތަކުގެ ތަރިކަ ރައްކާތެރިކުރުމާއި، މަޢުލޫމާތާއި ޢިލްމު ފެތުރުމުގެ އިތުރުން، ފޮތްކިއުމުގެ އާދަ އަށަގަންނުވައި އުމުރަށް ދެމިގެންދާ އުނގެނުމަށް ބާރުއެޅުމުގައި އެ ކުތުބުޚާނާއިން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފަ އެވެ.

ޗައިނާއަކީ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމުގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކާ ޤައުމެކެވެ. އެގޮތުން ދާއިރާގެ ކަންކަމުގައި ޗައިނާއިން ގެންގުޅޭ އީޖާދީ ވިސްނުން އެހެން ޤައުމުތަކަށް ޚާއްސަކޮށް އޭޝިއާގެ ޤައުމުތަކަށް ޙިއްސާކުރުމަށް ޗައިނާއިން އަބަދުވެސް އިސްކަން ދެ އެވެ.

ވަޒީރު ހީނާ ވަލީދުގެ މި ދަތުރުފުޅަކީ ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރުމަށް އޭޝިއާގެ ޤައުމުތައް ގުޅިގެން އުފެދުނު ފުރަތަމަ ޖަމިއްޔާގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.