ޔަމަނުގެ ޓްރެއިނިންގ ކޭމްޕަކަށް ހޫތީން ދިން ހަމަލާއެއްގައި 53 މީހުން މަރުވެއްޖެ

ޔަމަނުގެ ސަރުކާރުގެ ޓްރެއިނިންގ ކޭމްޕަކަށް ހޫތީން ދިން ހަމަލާއެއްގައި 53 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޔަމަނުގެ ޝަބްވާ ޕްރޮވިންސްގައި ހުންނަ ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ ތަމްރީނު ކޭމްޕަކަށް އީރާނުގެ މަދަދުލިބޭ ހޫތީ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 53 މީހުން މަރުވެ 200 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ އިދާރާތަކުން ހާމަކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަމަލާ ދީފައިވަނީ ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އިތުރަށް ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޝަބްވާ ޕްރޮވިންސްގެ ހާލަތު ފެންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި ޒަޚަމްވެފައިވާ މީހުންނާއި ލެއިން ތަތްތެލެވިފައިވާ ހަށިތައް އެ ސަރަހައްދުގެ ބިމުގެ އެކި ހިސާބުތަކަށް އުކާލެވިފައިވެ އެވެ.

ރެޑް ސީގެ ދޮރުމަތީގައި އޮންނަ ކަނޑުގެ ދަތުރުފަތުރުގެ މުހިންމު ހިސާބެއް ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކަށް މިދިޔަ ސެޕްޓެމްބަރު މަހު ހޫތީން ކުރިއަރަން ފެށި ފަހުން އެ ޖަމާޢަތާއި ޔަމަނު ސަރުކާރުގެ ބާރުތަކާ ދެމެދު ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.

ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން އެ ސަރަހައްދުގެ މަސްއޫލުވެރިން ބުނި ގޮތުގައި ހޫތީން މި ހަމަލާ ދީފައިވަނީ ސަލާމަތީ ބާރުތަކުން ތަމްރީނުތަކެއް ހަދަމުން ދަނިކޮށް ތިން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ.

ޔަމަނުގެ ދެކުނު މެދުތެރޭގައި ގަލްފް އޮފް އަދަނަށް ކުރިމަތިލައިގެން އޮންނަ ޝަބްވާ ޕްރޮވިންސަކީ ހަކަތައިގެ ވަސީލަތްތަކުން މުއްސަނދި ސަރަހައްދެކެވެ.

ޔަމަނުގެ އެންމެ ބޮޑު ސިނާއީ އިންވެސްޓްމަންޓް ކަމަށްވާ ބަލްހާފް ލިކިއުފައިޑް ނެޗުރަލް ގޭސް ފެސިލިޓީ ވެސް ހުންނަނީ މި ޕްރޮވިންސްގަ އެވެ.

ސަރުކާރުގެ ބާރުތަކުން މި މަހު ވަނީ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށާއި ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާފަ އެވެ.

ހަމައެއާއެކު ޔަމަނުގެ ދެކުނު އުސްބިންތަކުގައި ހޫތީންނާ ދެކޮޅު ބާރުތަކުގެ އެންމެ ފަހުގެ މުހިންމު މަރުކަޒު ކަމަށްވާ ތާއިޒް ހޫތީން ވަނީ ވަށާލާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.