ހީކުރާ ގޮތާއި ކަމުގެ ހަޤީޤަތް (8)

 

ހީކުރާ ގޮތްކަމުގެ ހަޤީޤަތް
ކައުންސިލަށް ކުރިމަތިލުމަކީ ރަށަށްޓަކައި ކޮށްދެވޭ ވަރަށް ފައިދާ ހުރިކަމެކެވެ.ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވާ މީހަކަށް ވޯޓުދިނުމަކީ ކައުންސިލަށް ކުރިމަތިލުމަށްވުރެ ރަށަށް ފައިދާ ކުރާނެ ކަމެކެވެ. ވޯޓުދޭނެ ބަޔަކާއި ނުލާ ކުރިމަތިލާ އެކަކުވެސް ނުހޮވޭނެއެވެ.
ޤައުމެއްގައި ވެރިން ގިނަވުމަކީ ވެރިކަމަށް ޤާބިލް މީހުން ތިބިކަމުގެ ހެއްކެކެވެ.ވެރިންގިނަވުމުން ދޭހަވަނީ ވެރިކަމާއިގެން ދަހިވެތިވެގެން އުޅޭމީހުން ގިނަކަމެވެ. ޤާބިލްކަމަކީ ވެރިކަން ކޮށްފާ ދިއުމުން ނޫނީ ވެރިންގެ ކިބައިން ފެންނަ ކަމެއްނޫނެވެ.
ދިވެހިރާއްޖެއިން އެކަކު އިސްލާމްދީން ދޫކޮށް ކާފިރު ވާއިރަށް ސައްތައިން ސައްތަ އިސްލާމް ކަން ކެނޑުނީއެވެ.ސައްތައިން ސައްތައޭ ޤައުމަކުން ބުނަނީ އެޤައުމެއްގެ ދައުލަތުގެ ދީން ކަމުގައި ހަމައެކަނި އެއްދީނެއް ޤަބޫލުކުރާވަހަކަ ބަޔާން ކުރުމަށެވެ. ތިންލައްކަ މީހުންގެ ތެރެއިން 30 މީހުން ކާފިރުވެއްޖެ ނަމަ އެކެނޑުނީ އަދި ކިރިޔާ %0.01 އެވެ.  %1 އުނިކުރަން ބޭނުން ނަމަ  3000 މީހުން ކާފިރުވާން ވާނެއެވެ.
ކޮންމެ މީހަކުވެސް އެމީހަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއް އޮންނަންވާނެއެވެ. ޕާޓީ އަކަށް ނުވަދެ ޤައުމަށް ހިދުމަތެއް ނުކުރެވޭނެއެވެ.ވޯޓްދޭ ދުވަސްވަރު އައުމާއިއެކު ޕާޓީއަކަށް ނިސްބަތްނުވާ މީހުން ވޯޓު ގުނުމުގެ ޤައުމީ ޚިދުމަތުގައި ބައިވެރިވުމަށްޓަަކައި ބޭނުންވެއެވެ. ޕާޓީ އަށް ނުވަދެ ޤައުމީ ޚިދުމަތުގައި ބައިވެރިވާ މީހުންނަކީ މަދުންނޫނީ ނުލިބޭ ވަރަށް “ތަދު” ބައެކެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.