ރުޅި ކޮންޓްރޯލު ނުކުރެވިއްޖެނަމަ، ނުރައްކާތެރި ޙާލަތަކަށް ވެއްޓިދާނެ..

ކޮންމެ މީހަކުވެސް ރުޅިއަންނާނެއެވެ. އެއީ އެއްވެސް މީހެއްގެ އިޚްތިޔާރުގައި ވާކަމެއް ނޫނެވެ. ނަމަވެސް އަހަރެންމެންގެ އަތްމަތީ ވާކަމެއް އެބައޮތެވެ. ރުޅި ކޮންޓްރޯލް ކުރުމެވެ. ރުޅި އައުމުން އަތުން ފައިން ހެދޭ ގޯސްތައް ނުހެދުމެވެ.

ރުޅިކޮންޓްރޯލް ކުރުމަކީ ކޮންމެ މީހަކުވެސް ތަފާތު ގޮތަކަށް ކުރަން ޖެހޭ ކަމެކެވެ. ސަބަބަކީ އެކި މީހުން ރުޅި އަންނާނީ އެކި ގޮތްތަކަށް ކަމުގައިވާތީއެވެ. އެއްބަޔަކު ތާކުންތާކުން ނުޖެހޭ ކަންތައްތަކާ، އަވަސް އަވަހަށް ރުޅި ގަދަވާއިރު، އަނެއް ބަޔަކު ރުޅި އަންނާނީ ބޮޑެތި ކަންތަކުގައި ލަހުން ނެވެ. ނަމަވެސް ގިނަ ބަޔަކު ރުޅި އަންނަނީ ކުރިން މިބުނި ދެވައްތަރުގެ މީހުންގެ މެދުގައި އަންނަ ކަންތައް ތަކުގައެވެ.

އިޝްތިހާރު Below Header ad

ސައިންސްވެރިން ދެކޭ ގޮތުގައި މީހާގެ ރުޅިއަކީ ޑީއެންއޭ އާއި ގުޅިފައިވާ ކަމެކެވެ. ނަމަވެސް އެއީ މުޅިއަކުން ތެދެއް ނޫނެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ރުޅިއައުން ވަނީ ކުޑަ އިރު ކުއްޖާ ތަރުބިއްޔަތު ކުރާ ގޮތާއި ވަރަށް ގުޅިފައިވާ ކަމެކެވެ. އަދި ދަރިންގެ ކުރިމަތީގައި މައިންބަފައިން ރުޅިއައިސް ޒުވާބުކޮށް ހަދާ ނަމަ ވެސް ކުއްޖާ ބޮޑުވަމުން އަންނަ އިރު އެކުއްޖާގެ ރުޅި އައުމާއި އެކަން ގުޅެއެވެ.

ރުޅި ކޮންޓްރޯލް ކުރުމަށްޓަކައި ފުރަތަމަ ދެނެގަންނަން ޖެހެނީ އެމީހާގެ ރުޅީގެ އަސްލެވެ. އެންމެ ޢާންމުކޮށް ރުޅި ގުޅިފައިވަނީ ކުޑަ އިރު ދިމާވާ ކަންތައް ތަކާއެވެ. ނޫނީ ދިރިއުޅުމުގައި ދިމާވާ ބޮޑެތި ހިތާމަވެރި ހާދިޘާ ތަކާއެވެ.

ރުޅިކޮންޓްރޯލް ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރެވޭނެ ކަމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހަށިގަނޑު ބެހެއްޓުމެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ހުންނަ މީހެއް ނަމަ ރުޅި އަންނަން ފެށުމުން އެކަން އެނގޭނެއެވެ. އެގޮތުން ހިތުގެ ވިންދު އަވަސްވެ، ކޮނޑަށް ބަރުކަން އިހުސާސްވެ، މުޅި ހަށިގަނޑު ހަރުވެ، މީހާގެ މޫޑް އެއްކޮށް ބަދަލުވެދެއެވެ.

angry-person-1

ކުރިން ބުނި ކަންތައްތައް ތިބާގެ ކިބައިން ފެންނަ ނަމަ ކުރަން އެންމެ އެކަށޭނަ ކަމަކީ އެބަޔަކާއި ނުވަތަ އެކަމަކާއި ދުރަށް ގޮސް، މަޑުމަޑުން ފުން ނޭވާލުމެވެ. ފުންކޮށް ނޭވާ ލުމުން މީހާގެ ރުޅި މަޑުވެ ވިސްނާނެ އިތުރު ކަމެއްގެ ޚިޔާލެއް އަންނާނެ އެވެ. މިގޮތަށް ރުޅި މަޑު ކުރުން ފުރަތަމަ ފަހަރު ފަސޭހަ ނުވެދާނެއެވެ. ނަމަވެސް ރުޅި އަންނަ ކޮންމެ ފަހަރަކު އެގޮތަށް ޢަމަލު ކުރުމުން އެކަން ފަސޭހަވެގެން ދާނެއެވެ.

މާޒީގައި ހިނގާފައިވާ ކަމަކާއި މެދު ރުޅި އަންނަ ނަމަ އެކަމަށް ފިލަން ނޫޅެ، އެކަންތައް ބަލައި ގަންނާށެވެ. ރުޅި އަންނަނީ ވަކި މީހެއް ދެކެ ނަމަ އެމީހާ އަށް އެކަން އަންގާށެވެ. އެކަމަކީ ތިބާގެ ބަލިކަށިކަން އަންގައިދޭ ކަމެއް ނޫނެވެ. އެކަމުން ހާމަ ވަނީ ތިބާއަށް ކެރޭ ކަމެވެ.

Worried businessman looking at bill.
Worried businessman looking at bill.

ތިބާގެ އިޙްސާސްތައް އެތެރޭގައި ނުހިފަހައްޓާ، ބޭރު ކޮށްލުމަކީވެސް ރުޅި ކޮންޓްރޯލް ކުރެވޭނެ ގޮތެކެވެ. ނަމަވެސް މިގޮތަށް ރުޅި ކޮންޓްރޯލް ކުރާ ނަމަ އެހެން މީހުންގެ އިޙްސާސްތަކާއި މެދުވެސް ފިކުރު ކުރަން ޖެހެއެވެ. އެހެން ކަމުން އެންމެ ރަނގަޅީ، ރުޅި އައުމުން ރުޅި އައިކަން ހާމަ ކުރުމަށް ވަކި ޖުމްލަ އެއް ބޭނުން ކުރުމެވެ. އެކަމަށްޓަކައި ހަރުކަށި ނޫން ޢިބާރާތެއް ބޭނުން ކުރުން މުހިއްމެވެ.

އިޙްސާސްތައް ބޭރު ކުރުމަށް ފަހު ދެފަރާތުންވެސް ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ފަހު އެވާހަކަ ދައްކާލުމުން ދެފަރާތުންވެސް އެކަން ތަކުރާރު ނުކުރުމަށް ހިތްވަރު ލިބޭނެއެވެ.

އިންސާނެއްވިއްޔާ ރުޅި އަންނާނެ އެވެ. ރުޅި އައުމަކީ ކުށެއް ނޫނެވެ. ނަމަވެސް ރުޅިއައިސް ހުރެ، ފަހުން އެކަމާއި ހިތާމަ ކުރަން ޖެހޭ ކަމެއް ނުކުރާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.