ދުނިޔޭގައި ކުރިމަތިވާ ކަންކަމާމެދު މާޔޫސް ނުވުމަށް މުފްތީ އިސްމާއީލް މެންކް ނަސޭހަތްތެރިވެއްޖެ.

ދުނިޔޭގެ ހުރިހާކަމެއް ވެސް ހިންގަމުންދަނީ ވަކި ނިޒާމެއްގެ ދަށުން ﷲ ގެ އަމުރު ފުޅަށް ކަމަށާއި އެހެން ކަމުން ދުނިޔޭގެ އެއްވެސް ކަމެއް މާ ﷲ ގެ އަމުރު ފުޅާ ޚިލާފަށް ނުދާ ނެކަމަށް ދުނިޔޭގެ މަސްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޒިމްބާބުވޭގެ މުފްތީ އިސްމާއިލް މެންކް ވިދާޅުވެއްޖެއެވެ.

މެންކު މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރި ޓްވީޓެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޓްވީޓުގައި އިތުރަށް މެންކް ވިދާޅުވެފައިވަނީ ދުނިޔެމަތީގައި ކޮންމެ ކަމެއްވެސް ހިނގާނީ ސަބަބަކާއި ލައިގެން ކަމަށާއި ސަބަބަކާއި ނުލާ އެއްވެސް ކަމެއް ނުހިނގާނޭކަމަށެވެ.

މުޅިކާއިނާތުގެ ވެރި އިލާހަކީ ﷲ ސުބުޙާނަހޫ ވަތައާލާ ކަމަށާއި ހުރިހާކަމެއްވެސް ދުނިޔެމަތީގައި ހިނގަމުންދަނީ އެކަލާންގެ އަމުރު ފުޅާއެއްގޮތަށް ކަމަށްވެސް މެންކް ވަނީ ވިދާޅުވެއެވެ.

މެންކް ވިދާލުވީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަކީ އެންމެ މޮޅަށް ކަންކަން ރާއްވަވާ ހިންގަވާ މަތިވެރި އިލާހުކަމަށެވެ.

އެހެން ކަމުން ކޮންމެ އިންސާނަކަށްވެސް ހިތާމައެއް ހިއްދަތިކަމެއް އަދި އުފަލެއް ލިބުނަސް އެއީ ﷲ ގެ ރޭވުންތެރިކަމުގެ ދަށުން މެދުވެރިވާ ކަންކަން ކަމަށްވެސް މެން ވިދާޅުވިއެވެ.

އެހެން ކަމުން އިންސާނުން ނަށް ދުނިޔެމަތީ ތަފާތު ކަންކަން ދިމާވާނެ ކަމަށާއި އެކިމީހުންނަށް ދިމާވާނީ އެކިވަރުގެ ކަންތައް ކަމަށް ވެސް މެންކް ވިދާޅުވިއެވެ.

އެހެން ކަމުން އެއްވެސް އިންސާނަކަށް ދިމާވާ މުސީބާތެއް ހިއްދަތިކަމެއް ނުވަތަ އެހެންވެސް ކަމެއް ދިމާވުމުން އުންމީދު ކަނޑާލާ މާޔޫސް ވުމަކީ ރަނގަޅުކަމެއް ނޫންކަމަށާއި އެއީ އިމްތިހާން ތަކެއް ކަމަށެވެ.

އިންސާނުންނަށް އޮތް ގޮތަކީ ކޮންމެ ހާލަތެއްގައިވެސް ކެއްތެރިކަން އިސްކޮށް ﷲ އަށް ދުޢާ ދެންނެވުން ކަމަށާއި ދުނިޔެމަތީ ދިމާވާ މިފަދަ ކަންކަމާ މާޔޫސްވެ އުންމީދު ކަނޑާ ލުމަކީ ދީންވެސް ހުއްދަކުރާ ކަމެއް ނޫން ކަމަށް  މެންކް ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ދުނިޔެމަތީގައި ދިމާވާކަންކަމާއި ކުރިމަތި ލާންވާނީ ވަރަށް ކެރިގެން ކަމަށްވެސް ޝެއިޚް ވަނީ ނަސޭހަތްތެރިވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.