އެޗްޑީސީގެ ޗެއާމަން ވެމްކޯ އަށް ބަދަލުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން އަހުމަދު ނާސިފް މިއަދު އެ މަގާމުން ވަކިކޮށް އެހެން ކުންފުންޏަކަށް ބަދަލުކޮށްފިި އެވެ.

ޕީސީބީން ބުނީ ނާސިފު އެޗްޑީސީން ވަކިކޮށް މިހާރު ވެމްކޯގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމަވެސް އެޗްޑީސީން ނާސިފު ވަކިކުރި ސަބަބެއް ނޭނގެ އެވެ. ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތީގެ ވަގު މުއާމަލާތްތަކެއް އެޗްޑީސީން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިވެ، ބޯޑުގެ ގިނަ މެންބަރުން ވަގުތީ ގޮތުން ސަސްޕެންޑްކުރި އިރު، ނާސިފަށް އޭރު އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ޗެއާމަންކަން ވެސް ކުރެއްވި ނާސިފް އެޗްޑީސީގެ ޗެއާމަނަކަށް އައްޔަންކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭނަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ނާސިފް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.