އެއާ އެމްބިއުލާންސްގައި މިހާތަނަށް 192 މީހަކު

އެއާ އެމްބިއުލާންސްގެ ހިދުމަތަށް ފެށުނު ހިސާބުން މިއަދާ ހަމައަށް 192 ބަލި މީހަކު އިވެކުއޭޓް ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް ފެށުނު ހިސާބުން މިއަދާ ހަމައަށް ކުރެވުނު 148 ދަތުރުގައި 192 ބަލި މީހަކު އިވެކުއޭޓް ކުރެވިފައިވާ ކަމަށެވެ. ބައެއް ދަތުރުތަކުގައި ދެ ބަލިމީހުން ނޫނީ ތިން ބަލިމީހުން އުފުލިފައިވާ ކަމަށް ހަލީލު ވިދާޅުވި އެވެ.

އިޝްތިހާރު full width ad 1200 x 150

އެގޮތުން މި މުއްދަތުގައި ބަލި މީހުން އުފުލުމަށް ސީޕްލޭންގައި 4 ދަތުރުކުރިއިރު، ބާކީ 144 ދަތުރަކީ އެއާޕޯޓަށް ޖައްސާ ޑޭޝް 8 މަރުކާގެ ބޯޓުން ކުރި ދަތުރުތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން ވައިގެ މަގުން އުފުލުމަށް ހާއްސަ މަތިންދާ ބޯޓު، އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ. ކުއްލި ފަރުވާ ދެވޭނެ އިންތިޒާމުތަކާ އެކު މި ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.

މެޑިކަލް އެމްބިއުލާންސްގެ ހިދުމަތަށް އިތުރުކުރި ސީ ޕްލޭންގެ ހިދުމަތް އެޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޭން ފެށިއިރު ހިދުމަތުގައި ބޭނުން ކުރަނީ ޑީއެވްސީ-6 ޓްވިން އޮޓާއެކެވެ. މި ބޯޓު ބޭނުން ކުރަން ހަމަޖެހިފައި ވަނީ އެއާޕޯޓު ނެތް ރަށްރަށުން ބަލިމީހުން އުފުލުމަށެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެ ކަމުގަ އެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމާއި އެ ހިދުމަތް ފުޅާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.