ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު ޕޯސްޓުމޯޓަމަށް އިންޑިއާއަށް ފޮނުވަނީ

ބަނޑޭރިކޮށީގެ އެޕާޓުމަންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

މީހުން ދިރިނޫޅޭ މި އެޕާޓުމެންޓިުގެ ތެރެއިން މީހަކު މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

އިޝްތިހާރު full width ad 1200 x 150

ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަލައި ފާސްކުރި އިރު އެގެއިން އުމުރުން 30 އަހަރުގެ ފިރިހެނަކު ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. އެމީހާ ނިޔާވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާގެ ޕޯސްޓު މޯޓަމް ހެދުމަށް ނިންމާފައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ވިދާޅުވީ އެމީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ޝައްކު ކުރެވޭ މަރުތައް ޕޯސްޓް މޯޓަމް ހެދުމަަށް ގެންދަނީ އިންޑިއާއަށެވެ.

އެނގިފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. އަދި މިވަގުތު އެ މީހާގެ ހަށިގަނޑު ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގައެވެ.

ނިޔާވެފައި އޮއްވާ ފެނުނީ ކޮން ރަށެއްގެ ކާކުކަން ރަސްމީ ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އިންޑިއާ އައް ނުގެންގޮސް ވާނެ ގޮއި ހޯދަން ޖެހޭ މަރުވެފަ ކުނިވެފަ އޮއި މީހަކު އިންޑިއާ އައް ގެންދިއުމަކީ ހަރަދު ބޮޑު އުންދަގޫ މަސައްކަތެއް ދިވެހީން ދިވެހި ސިއްހީ އަދި އިޖްތިމާއީ ކަން ކަމުގަ އިންޑިއާ އައް ބަރޯސާ ނުވެ އުޅެން ދަސް ކުރަން ޖެހޭ ☝🏼

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.