އިންޑިއާއާއި ރާއްޖެ އާއި ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި

ދިވެހި ރާއްޖެއާއި އަވަށްޓެރި އިންޑިއާއާއި ދެމެދު ރަސްމީ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިހާރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިޝްތިހާރު Below Header ad

އެގޮތުން ރާއްޖެއާއި އިންޑިއާއާއި ދެމެދު ރަސްމީ މަޝްވަރާތައްކުރިޔަށް ގެންގޮސްފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓްރީގައި އެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރ މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވި އިރު އިންޑިއާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ޖައިޝަންކަރު އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ދެގައުމުގެ ދެމެދުގައި ކުރިޔަށް ގެންދިޔަ މަޝްވަރާގައި ދިވެހި ސަރުކާރުން އިސްކަންދޭ ދާއިރާތަކުން މުސްތަޤްބަލުގައި ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، އެންމެހާ ކަންކަމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެވަޒީރުން ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިޔާގެ ހިލޭ އެހީއާއި، ލައިން އޮފް ކްރެޑިޓް އިނީޝިއޭޓިވްސްގެ އެހީގައި އިޤްތިޞާދީ ގޮތުން ފައިދާހުރި މަސައްކަތްތައް ކުރިއަށްދާކަން ދެވަޒީރުން ފާހަގަކުރެއްވިއެވެ.

މި ޑައިލޮގްގައި، ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިސްނެގުމާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ރާއްޖެއާއި އިންޑިޔާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިތުރު މަގުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށްވެސް ދެވަޒީރުން އަލިއަޅުއްވާލެއްވިއެވެ.

މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ، ވިޔަފާރީގެ އަދި އިންވެސްޓްމަންޓްގެ ގުޅުން ބަދަހިކޮށް ކުރިއެރުވުމަށް އިންޑިޔާއިން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޤްތިޞާދީ ކުރިއެރުމުގައި އިންޑިޔާއިން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އިންޑިއާއިން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރުމުގެ ކޯޓާ އެއް އަހަރަށް އާކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިނިސްޓަރު ޒަމީރު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުން ދޭހަކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުންކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.