ޒައިންގެ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އަދިވެސް އިތުރު އެހީ ބޭނުންވޭ

މުހައްމަދު ޒައިން އަސްލަމް އަކީ ވިހެއީއްސުރެ ކިޑްނީ ބަލި ތަހައްމަލު ކުރަމުން އަންނަ ކުއްޖެކެވެ. އެހެންކަމުން ދާއިމީކޮށް ޒައިން އަންނަނީ އެ ބައްޔަށް ބޭސްކުރަމުންނެވެ.

ޒައިންގެ ކިޑްނީ މައްސަލަ އުޅޭތީ ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ވަނީ އޮޕަރޭޝަންތަކެއް ކޮށްފައެވެ. އެ ވަގުތަށް ލުޔެއް ލިބުނު ނަމަވެސް ފަހުން އަނެއްކާވެސް އުނދަގޫތައް ކުރިމަތިވެއެވެ. އެއް ކިޑްނީ ރަނގަޅު ނަމަވެސް ފަހުން އައިސް އެ ކިޑްނީގައި ހިލަ އުފެދި ޒައިން ބަލިވާން ފެށިއެވެ.

އިޝްތިހާރު full width ad 1200 x 150

”މީގެ ދެއަހަރު ކުރިން ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލަށް ގޮސް އޮޕަރޭޝަންކޮށްގެން ރާއްޖެ އައި ތަނުން ކުއްޖާ އަނެއްކާވެސް އިންފެކްޝަން ހެދިގެން އަނބުރާ އެކޮޅަށް ފޮނުވީ. އަނެއްކާ ޖެހިޖެހިގެން 3 އޮޕަރެޝަން އެއަފަހަރާކޮށްފައި، އަނެއްކާ ނޯމަލްކޮށް ހުރި ކިޑްނީގަވެސް ހުންނަނީ ހިލަ އުފެދިފައި. އެ ހިލަތަކުގެ ސަބަބުން ވަރަށް ބޮޑަށް އިންފެކްޝަނާއި ޔޫރިން މައްސަލަ ޖެހިގެން އަނެއްކާވެސް އެކޮޅަށް އަނބުރާ ފޮނުވީ. އޮޕަރޭޝަންކޮށްފައި އެއްފަހަރާ 14 ހިލަ ނަގާފައިވަނީ.“ އާއިލާއިން ބުންޏެވެ.

 

Zain medical report 1 jpg e1712985574276

ޒައިންގެ ދިފާއީ ނިޒާމު ބަލިވެ ލޭވެސް ދަށްވެ ހާލުދެރަވެގެން ދިޔަ ކަމަށް އާއިލާއިން ”ވަގުތު“އަށް ކިޔައިދިނެވެ. އެ ތިން އޮޕަރޭޝަން ކުރުމަށްފަހު ޒައިންގެ ހާލު ރަނގަޅު ކަމަށާއި ހަމަސް ފަހުން ޑޮކްޓަރަށް ދައްކަން ބެންގަލޫރަށް ދިޔުމަށް އެންގި ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް ޒައިންގެ ހާލު ރަނގަޅުވުމުން ބަލިނުވާތީ ހަމަސްފަހުން ދައްކަން ނުދެއެވެ.

އެހެން ތިއްބާ ޒައިން ވަރުބަލިވާން ފެށިއެވެ. ސްކޫލަށްވެސް ނުދެވި ގޭގައި ހުންނަން ޖެހުމުން އާއިލާއިން ޓެސްޓު ހެދުމުން އަނެއްކާވެސް އިންފެކްޝަން ހެދިފައިވާކަން އެނގުނެވެ. އެހެންކަމުން ޓެސްޓުތަކާއި ސްކޭން ހެދުމުން ޑޮކްޓަރުން އަންގަނީ އެހެން ކަހަލަ އިންފެކްޝަނެއް ހެދިފައި ހުރި ކަމެވެ. އެއީ ކޮންކަހަލަ އިންފެކްޝަނެއް ކަމެއް ޑޮކްޓަރުންނަކަށް ނޭނގުނެވެ.

”އެއީ ރާއްޖެއިން ބޭރުން ހެދޭ ޓެސްޓެއް ހެދީމާ އެއީ ކޮންކަހަލަ އިންފެކްޝަނެއްތޯ އާއި ބޭހެއްވެސް ދޭން އެނގޭނީ. އެހެން ކިޔާފައި ދެން މާލެ ދިޔައީ ދައްކަން. މީގެ ދެމަސްކުރިން ދައްކަން ދިޔައިން. މާލެއިންވެސް ބުނީ ބޭރަށް ދާން. އާސަންދަ ވެސް ދިން.“ އާއިލާއިން ބުންޏެވެ.

 

Zain medical report 2 jpg

އާއިލާއިން ބުނީ އާސަންދަ ލިބުނު ނަމަވެސް އިތުރު އެހީތެރިއެއް ނެތުމުން ރޯދަ ނިންމާފައި އިންޑިއާއަށް ދާން ނިންމާފައި އައްޑޫއަށް އެނބުރި ދިޔައީ ކަމަށެވެ. ޒައިންގެ ބައްޔަށް އެއްވެސް ފަރުވާއެއް ނުލިބުނެވެ. ވާގޮތެއް އަދި ދޭނެ ބޭހެއް ޑޮކްޓަރަކަށްވެސް ނޭނގެއެވެ. ޒައިން ދަނީ އެވޭން ތަހައްމަލް ކުރަމުންނެވެ. ވިހެއިރުވެސް އެއް ކިޑްނީ މައްސަލަ ހުންނަ ޒައިންގެ އަނެއް ކިޑްނީގެ ހާލަތު އެހާ ރަނގަޅު ނޫންކަން އާއިލާން ފާހަގަ ކުރިއެވެ.

ޒައިންގެ ހާލު ދެރަވާން ފެށުމުން އަނެއްކާވެސް ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުން އަންގަނީ ރާއްޖެއިން އިތުރު ފަރުވާއެއް ނެތް ކަމަށާއި ފަރުވާ ހޯދުމަށް، ޓެސްޓު ހެދުމަށް ރާއްޖެއިން ބޭރަށް ދިޔުމަށެވެ. އެހެންކަމުން އިންޑިއާއަށް ދިޔުމަށް މިހާރު އާސަންދަ ހަމަޖެހިފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

Zain medical report 3 jpg e1712985533139

ޒައިންގެ މައިންބަފައިންގެ ހަތަރު ދަރިން ތިބެއެވެ. ޒައިންގެ ކުޑަ ދެ ކުދިން ތިބުމުން ޒައިންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާނަމަ، ދާން ޖެހޭނީ ކުޑަ ދެކުދިން ގޮވައިގެން ކަމަށާއި އެވަރުގެ މާލީ ތަނަވަސްވުމެއް ނެތްކަމަށް އާއިލާއިން ބުނެއެވެ. އެހެންކަމުން އާއިލާއިން އެދެނީ ޒައިންގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދީލަތި އެހީއެކެވެ.

”މާލީ ހާލަތު ހުރި ގޮތުންނާއި ބަލަންޖެހޭ 4 ކުދިން އެބަތިބި އަނެއްކާ ކުޑަކުޑަ ދެކުދިންވެސް އެބަތިބި. އަހަރެމެން ދާ ނަމަ، ޖެހޭނީ އެކޮޅަށް ކުދިން ގޮވައިގެންދާން.“ އާއިލާއިން ބުންޏެވެ.

ޒައިން އަށް އެހީތެރިވެ ދެއްވުމަށް:

ގުޅޭނެ ނަމްބަރު: 9925069 އަޒްމާ އިބްރާހިމް ދީދީ

އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( 7708383920101 ) އަޒްމާ އިބްރާހިމް ދީދީ

ނޯޓް: މަތީގައި އެވަނީ ޢާއިލާގެ އެދުމުގެ މަތީން ވަގުތު.އެމްވީ އިން ނަކަލުކޮށްފައިވާ ލިޔުމެކެވެ. އެޓޯލް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢާއިލާއިން ބުނެފައިވަނީ، ވަގުތު ނޫހުގައި ޖެހި ފަހުންވެސް ކުދީން ގޮވައިގެން މާލެ ދެވޭނެ ވަރަށް އެހީތެރިކަން އަދި ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެންކަމުން އިތުރު އެހީތެރިކަން ބޭނުންވެފައިވާތީ މިނޫހުގައިވެސް ޢާއިލާގެ އެދުމުގެ މަތީން ލިޔުން ނަކަލުކޮށް ހިމަނާލީއެވެ. 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.