ސައުދީއަށް ފައިސާގެ ތާށިކަމާ ކުރިމަތިލާން ޖެހިއްޖެ

ތެލުގެ އެކްސްޕޯޓް ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް އިއާދަވި ނަމަވެސް، ސައުދީ އަރަބިއްޔާއަށް ފައިސާގެ ތާށިކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޔޫއޭއީގެ މާލީ ބާޒާރަށް ދިމާވެފައިވާ ފައިސާގެ ތާށިކަމުގެ ނޭދެވޭ އަސަރު ސައުދީ ބޭންކުތަކަށް ކުރަމުންދާ ކަމަށާއި، ހަނގުރާމައިގެ ސަބަބުން ބޭންކުތަކަށް ފައިސާ ޖަމާކުރާ މިންވަރު މަދުވަމުންދާ ކަމަށް ބޭންކް އޮފް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ. އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސައުދީގެ އިގްތިސާދަށް ނުފޫޒު ފޯރައި، ފައިސާ ދައުރުވުމުގެ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބްލޫމްބާގްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ބޭންކް އޮފް އެމެރިކާއިން ކްލައިންޓުންނަށް ފޮނުވި ނޯޓެއްގައި ފާހަގަކޮށްފައިވަނީ ޔޫއޭއީގެ މާލީ ދަތިކަމުގެ އަސަރުތަކާއި ސައުދީގެ އިގްތިސާދު މަޑުޖެހެމުންދިއުމުގެ ސަބަބުން އެ ގައުމުގެ ބޭންކިންގ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސައުދީ ބޭންކުތަކާއި ޔޫއޭއީގެ ބޭންކުތަކާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން، ޔޫއޭއީއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ އަސަރު ސައުދީއަށް ދަނީ ކުރަމުންނެވެ. ދެ ގައުމުގެ ބޭންކުތަކުގެ މެދުގައި ހިންގޭ މުއާމަލާތްތަކަކީ ސައުދީ ބޭންކުތަކުގެ ޑިޕޮސިޓްތަކުގެ ބޮޑު ބައެއް ހިއްސާކުރާ ކަމެކެވެ.

ހަމައެއާއެކު، ސައުދީ ސަރުކާރުގެ އިދާރާތަކުން ބޭންކުތަކުން ފައިސާ ނަގަމުންދާއިރު، ލޯނަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ފައިސާގެ އަގު ވަނީ އުފުލިފައެވެ.

ސައުދީގެ ފައިސާގެ އަގު އެމެރިކާ ޑޮލަރާ ގުޅުވާފައި އޮތުމަކީ މި ދަތިކަން އިތުރަށް ބޮޑުވާ ސަބަބެކެވެ. ޔޫއޭއީ، ގަތަރު، އޮމާން އަދި ބަހްރޭން ފަދަ ގަލްފްގެ އެހެން ގައުމުތަކެކޭ އެއްފަދައިން، އެމެރިކާގެ ފެޑެރަލް ރިޒާވްގެ އިންޓްރެސްޓް ރޭޓަށް ބަލައިގެން އަމަލުކުރަން ޖެހުމުގެ ސަބަބުން، އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ކުރާ ފަދައިން ބާޒާރަށް އިތުރު ފައިސާ ނެރުމުގެ ފުރުސަތު މި ގައުމުތަކުގެ މަރުކަޒީ ބޭންކުތަކަށް ވަނީ ހަނިވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.