އެންމެ ފާޅުކަން ބޮޑު ޙައްޤު

އަލް މަރްޖާން 1

ދުނިޔޭގަ ގިނަ ހިސާބުތަކުގައި ވަކި ދުވަސްވަރަކާ ގުޅިގެން އިވޭ އެންމެ ވަރުގަދަ އަޑަކީ ލިބިދޭންޖެހޭ ނުވަތަ ލިބިގަންނަންޖެހޭ ޙައްޤެއްގެ ވާހަކައެވެ. އެއީ ކޮންމެ މީހަކަށްވެސް ލިބޭ ނުވަތަ ލިބިދޭންޖެހޭ ޙައްޤެކެވެ. ޓީވީ ތަކުންނާއި ރޭޑިއޯ ތަކުންނާ ނޫސްތަކުންވެސް ކެނޑިނޭޅި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އިޢުލާން ކުރަމުންދާ ހަމައެކަނި ޙައްޤެވެ. ވެރީންނާއި ކުށްވެރީން ވަކިނުވާ ޙައްޤެވެ. ހަމަހަމަ ކުރާ ޙައްޤެވެ. “ޙައްޤު” މިބަސް އޮންނަކަން އެނގޭ، ނުވަތަ ބޭނުން ކުރެވޭ ހަމައެކަނި ހިނދުކޮޅެވެ، ރައްޔިތުން ބޭނުން ވިޔަސް ނުވިޔަސް، ބޮޑޭތި މުއްސަނދިން އެމީހުންގެ މުޅި ޖާނާއި މާޅުން ހޭދަށްކޮށްގެން، އާންމުރައްޔިތުންގެ ފައިބުޑަށް ވެއްޓި އެމީހުންގެ ހައިބަތު ކުޑަކޮށް، ދުވަހަކު އަނގައިން ނުބުނާ މީހުންނާވެސް، އެއްބަނޑު އެއްބަފާ ކަމުގެ ގާތް ގުޅުން ބާއްވައިގެންވިޔަސް ހޯދައިދޭން އުޅޭ ޙައްޤެވެ. އެއްވެސް އަމިއްލަ އެދުމެއް އޮވެގެނެއް ނޫނެވެ. ހަމަ ރައްޔިތުން ދެކެ ލޯބިން ހޯދައިދޭން އުޅޭ ޙައްޤެކެވެ. އެއްބަޔަކު އަނެއްބަޔަކާއި މާރާމާރި ހިނގާ ބޮޑެތި ޖަރީމާތައްހިނގައި އެތައްބައެއްގެ ފުރާނައަށް ނުރައްކާކޮށް، އެތަށް އާއިލާތަކެއް ނިކަމެތި ކޮށްލާ ޙައްޤެވެ. މިޙައްޤު ރައްޔިތުން ނުހޯދަފާނެތީ ފާޑު ފާޑުގެ ބުހުތާނުހަދައި ބޮޑެތި ވަޢުދު ވަމުން ހަޅޭއް ފަޅޭއްލާ ޙައްޤެވެ. ޙައްޤު ލިބިގަންނަން ޖޭހޭ ދުވަހު ގޭގައި ނިދާފައި އޮތަސް ހޭލައްވައި ފެންވަރުވައި ކޮފީ ދީ އެންމެ ކުޑަމިނުން ޙައްޤު ލިބިގަނަންދާނެ އެއަރ ކޯރން ކާރުވެސް ހަމަޖައްސަދެއެވެ. ހެެއުފުޅުކަންފެސް ހައްދު ފަހަނައަޅާ ދާވަރުގެ ބޮޑު ޙައްޤެކެވެ. އެންމެ ފަހުވަޤުތު ކާރުން ބާލަމުން ބުނެލަނީ މިވެނި އެވެނި މީހަކާށް ވޯޓު ނުލާ ތިމަންނަ އަށް ވޯޓު ލާށެވެ. ނުވަތަ އެވެނި މިވެނި މީހަކަށް ވޯޓު ލާވާހަކައެވެ. މިހާހަމައިން ކޮންމެވެސް ވަރަކަށް މިވާނުވާ ރޭކާލައެވެ. ޙައްޤުގެ ވަޤުތު ނިމުނީކަން ޔަޤީންވެއެވެ. މިއީ ހާދަހާވާ ބޮޑޫ ޙައްޤެކެވެ މިއީ ވޯޓުލުމުގެ ޙައްޤެވެ. އެންމެ ފާޅުކަން ބޮޑު ޙައްޤެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.