މޯލްޑިވިއަންގެ ޑޮމެސްޓިކާއި އިންޓަނޭޝަނަލް ފްލައިޓްތައް ގުޅުވާލާ ހިދުމަތް ތައާރަފްކޮށްފި

މޯލްޑިވިއަންއިން ދަތުރުކުރާ ބައިނަލްއަގުވާމީ ތިން މަންޒިލާއި ރާއްޖޭގެ ޑޮމެސްޓިކް ފްލައިޓްތައް ގުޅައިދޭ “ތްރޫފެއާ” ހިދުމަތް ތައާރަފްކޮށްފި އެވެ.

މި ހިދުމަތާ އެކު މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތަކުން ދަތުރުކުރާ ކަސްޓަމަރުންނަށް ޓިކެޓް ނަގާއިރު އެ ޓިކެޓުގެ އައިޓެނަރަރީގައި ދާން ބޭނުންވާ އިންޓަނޭޝަނަލް ޑެސްޓިނޭޝަންގެ ބުކިން ހެއްދޭނެ އެވެ. މި ހިދުމަތް ލިބޭނީ މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތަކުން މޯލްޑިވިއަންގެ ޑާކާ، ބެންގަލޫރު އަދި ކޮލަމްބޯ ފްލައިޓުތަކަށެވެ. އަދި މޯލްޑިވިއަންގެ ފްލައިޓުގައި މި ތިން ޑެސްޓިނޭޝަނުން އަންނަ ފަސިންޖަރުންނަށް ވެސް މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތަކަށް އެއް އައިޓެނަރަރީގައި ބުކިން ހެއްދޭނެ އެވެ.

އިޝްތިހާރު Below Header ad

މޯލްޑިވިއަންއިން އަލަށް ތައާރަފް ކުރި މި ހިދުމަތަކީ ވަކިވަކިން ޓިކެޓް ބުކް ކުރުމަށް ހޭދަވާ ވަގުތާއި ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ތައާރަފް ކުރި ހިދުމަތެކެވެ.

މޯލްޑިވިއަންއިން ތްރޫފެއާ މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް ފަސް ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެއް އަދަދަކަށް އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރަށް އެއް އަދަކަށް ބެގެޖް އެލަވަންސް ލިބޭނެ އެވެ. މިއީ ފަސިޖަރުންނަށް ތްރޫފެއާ މެދުވެރިކޮށް އިތުރު ފްލެކްސިބިލިޓީ އާއި އެކްސެސިބިލިޓީ ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ އިންތިޒާމެއް ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

މޯލްޑިވިއަން އިން ބުނީ ކުރިއަށް އޮތް ތަނުގައި ތްރޫފެއާގެ ހިދުމަތް އިންޑިއާގެ ޓްރެވިންޑްރަމާއި ކޮޗިންއަށް ވެސް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޯލްޑިވިއަންއިން ރާއްޖޭގެ 16 މަންޒިލަކަށް ޑޮމެސްޓިކް ދަތުރުތައް ކުރެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.