ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އިސްރަށްވެހިންގެ ފުރަތަމަ ނާދީ ހުޅުވައިފި

އިސްރަށްވެހިންގެ ދައުރު ޖުތަމަޢުގައި ފުޅާކުރުމުގެ ގޮތުން ތަރައްޤީކުރި ފުރަތަމަ ”އިސްރަށްވެހިންގެ ނާދީ“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނު އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.

”އިސްރަށްވެހިންގެ ނާދީ“ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު full width ad 1200 x 150

އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީން ކޮށްދިނުމަށްޓަކައި ތަފާތު ޚިދުމަތްތައް ހިމެނޭގޮތަށް ރާއްޖޭގެ އުތުރާއި ދެކުނާއި އަދި މެދުރާއްޖެތެރޭގައި މަރުކަޒުތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

އެގޮތުން މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަށާއި، އެފަރާތްތަކުގެ ސިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ހުޅުވި ފުރަތަމަ މަރުކަޒު މާލޭގައި މިހާރު މިވަނީ ހުޅުވާފައެވެ. މި މަރުކަޒު ތަރައްޤީކޮށްފައިވަނީ ކުރީގެ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ އިސްރަށްވެހިންގެ ނާދީގައި ’އޭޖްކެއަރ މޯލްޑިވްސް‘ އިން ކޮންމެ 3 މަހަކުން އެއްފަހަރު އިސްރަށްވެހިންގެ މެދުގައި ޚިޔާލުފާޅުކުރުމާއި، ތަޖުރިބާ ޚިއްސާކުރުމަށް އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެލްތް ސްކްރީނިންގ ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

އެކިއެކި ވުޒާރާ ތަކުންނާއި އެސޯސިއޭޝަންތަކުން އިސްރަށްވެހިންގެ ނާދީގައި ތަފާތު ޙިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާއިރު މި ޙިދުމަތްތަކުގެ ސަބަބުން ”އިސްރަށްވެހިންގެ ނާދީ“ އަކީ ރައްޔިތުންނަށް ބޭނުންތެރި ޙިދުމަތްތަކެއް ލިބިގެންދާނެ ތަނަކަށް ވެގެންދިއުމަކީ އިޖްތިމާޢީ އަދި އާޢިލީ ވުޒާރާގެ އަމާޒެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ”އުފާ ފޮޓޯ“ މުބާރާތް އޮންލައިންކޮށް އިފްތިތާޙްކޯށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ މަރުކަޒު ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.