ކުރީގެ ވަޒީރު ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ކުރީގެ ވަޒީރު އައިޝަތު ނަހުލާ ނިންމަވައިފިއެވެ.

ނަހުލާ މަޖީލަހަށް ވާދަކުރައްވާކަން ހާމަކުރެއްވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ވާދަކުރައްވަން ނިންމަވާފައިވަނީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދާއިރާގެ ރައްޔިތުން ތާއީދުކޮށް ވޯޓު ދޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު Below Header ad

ނަހުލާ ވާދަކުރައްވަން ނިންމަވާފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް އެދުމުގެ ފުރުޞަތު މި މަހުގެ 25 އާ ހަމައަށް އެ ޕާޓީން ވަނީ ހުޅުވާލާފައެވެ.

ހުޅުމާލެ ދެކުނު ދާއިރާއަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކުރި ދާއިރާތަކުގައި ހިމެނޭ އެއް ދާއިރާއެވެ. 19 ވަނަ މަޖިލީހުގައި ހުޅުމާލެ އޮންނަނީ އެއް ދާއިރާއެއްގެ ގޮތު

ގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.