ވޯޓްލާންޖެހޭ ފޮށިތައް ޢާއްމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

އަންނަ މަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާންޖެހޭ ފޮއްޓާއި ދާންޖެހޭ ތަން އަންގައިދޭ ރަޖިސްޓަރީ އާއްމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓުލާންޖެހޭ ފޮށީގެ ރަޖިސްޓްރީ އެ ކޮމިޝަންގެ ވެބްސައިޓުން މިހާރު ޢާންމުކޮށް ފެންނަން ހުންނާނެކަމަށެވެ. އަދި VR space IDNO Send to 1414 އެސް.އެމް.އެސް ކޮށްގެން ވެސް ވޯޓްލާން ޖެހޭ ފޮށްޓާއި ސަރަހައްދު މިހާރު ބަލާލެވޭނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވޯޓް ފޮށީގެ ރަޖިސްޓްރީގައި އެއްވެސް މައްސަލައެއް އުޅޭނަމަ އަންނަ ބުދަ ދުވަހުގެ 15:00 ގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލައްވާފައެވެ. އެ ކޮމިޝަނުން ވިދާޅުވީ ޝަކުވާ ހުށައަޅަން ޖެހޭނީ ”ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު“ ކަމަށެވެ.

މާލެގައި ޝަކުވާ ފޯމުތައް ބަލައިގަންނާނީ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން ފޯމު ބަލައިގަންނާނީ އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އަވަށު އޮފީސްތަކުންކަމަށްވެސް އީސީން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް ފޯމު ބަލައިގަންނަމުން ގެންދަވާނެކަމަށްވެސް އީސީން ވިދާޅުވެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމެވީ ޖުމްލަ 609 ފޮށި ބެހެއްޓުމަށެވެ. އެހެންމަވެސް ރީ ރަޖިސްޓްރެޝަންގައި އައި ބައެއް ބަދަލުތަކާއި އެކު މި އަދަދު މިހާރު ވަނީ 574 ފޮށްޓަށް މަދުކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.