އިހްޔާ ފޯރަމްގައި މިރޭގެ މައުޟޫއަކީ ”މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު”

މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 15 ވަނަ ފޯރަމް މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ފޯރަމްގައި ތަޤްރީރުކުރައްވާނީ ޑރ. އަނާރާ ނަޢީމް އަދި އަލްއުސްތާޛާ ޢާއިޝާ ޚަލީލާ ޢަބްދުއްސަތާރެވެ. އަދި މައުޟޫއަކީ ”މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު” ކަމަށެވެ.

އިޝްތިހާރު Below Header ad

ހުރިހާ އުމުރުފުރާތަކަށް ހުޅުވާލައިގެން އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދާ މި ފޯރަމްގައި ވެސް ގުރުއަތުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި ރިޔާޟުއްޞާލިޙީން އަދި ފިޤުޙުއްސުންނާގެ ފޮތްބައި ލިބޭނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ބާއްވާ އިޙްޔާ ފޯރަމްތަކުގެ އެންމެ ފަހު ފޯރަމް އޮންނާނީ 19 އެޕްރިލް ގައި ކަމަށެވެ.

ބުދަ ދުވަހުގެރޭ އޮންނަ ފޯރަމްގައި މާލޭގައި ބޭއްވި ހުރިހާ އިޙްޔާ ފޯރަމްތަކުގެ ގުރުއަތުން، 1ވަނަ، 2ވަނަ އަދި 3 ވަނައަށް ހޮވޭ ފަރާތްތައް އިޢުލާންކުރުން އޮންނާނެ ކަމަށް ވެސް ބުނެއެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކުގެތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސްމާޓް ފޯނެއް، އަދި 3 ވަނައަށް ސޯފާސެޓެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.