މިސްކިތުގައި އިޢުތިކާފަށް އިން އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރަން އުޅެފި

މާލޭ ފުރުޤާން މިސްކިތުގައި ޢިއުތިކާފުގައި ހުރި ޢުމުރުން 76 އަހަރުގެ މީހަކު ހައްޔަރު ކުރަން ފުލުހުން އުޅެފި ކަމަށް އެމީހާ ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ ޝެއިޚް އާދަމް ނިޝާންގެ ފޭސްބުކް ޕޭޖުގައި ޙިއްސާކޮށްފައިވާ ވީޑިއޯއެއްގައި އަހައްމައިދިބެ އެވެ. ޝެއިޚް ނިޝާން މިކަމާއި ސުވާލު ކުރެއްވުމުން، އަހައްމައިދިބެ ބުނި ގޮތުގައި އޭނާ ތަރާވީސް ކޮށްލައިގެން ދަމުނަމާދާއި ދެމެދު ކުޑަކޮށް ނިދާލާ އަރާމުކޮށްލުމަށް އޮށޯވެލައި، ނިދިފައި އޮއްވައި ހޭލެވުނީ ފުލުހުންގެ މީހަކު އައިސް ގޮވީމައެވެ. އަދި ފުލުހުންގެ މީހާ ބުނިގޮތުގައި، މިސްކިތުގައި ނިދުމަކީ މަނާކަމެއް ކަމަށް ބުނެ އަހައްމައިދިބެ ގެންދަން އުޅުނެވެ. އަދި އަހައްމައިދިބެ މިއިނީ އިޢުތިކާފަށްކަމުން، ގެއަށްް ނުދެވޭނެކަމަށް ބުނުމުން، އިޢުތިކާފަށް އިން ނަމަވެސް ދާންވީމަ ދާން ޖެހޭނެކަމުގައި ފުލުސް މީހާ ބުނިކަމުގައި އަހައްމައިދިބެ ބުންޏެވެ. އަހައްމައިދިބެ އަކީ ފުރުޤާނު މިސްކިތް ހެދީއްސުރެ، ކޮންމެ ރަމަޟާން މަހެއްގައި އެމިސްކިތުގައި އިޢުތިކާފަށް އިންނަ މީހެއްކަމުގައި ޝެއިޚު ނިޝާން ވިދާޅުވިއެވެ. މިޙާދިސާ ހިންގާފައިވަނީ މިރަމަޟާން މަހުގެ23 ވިލޭރޭއެވެ.

މިކަމާއި ގުޅިގެން ޝެއިޚް ނިޝާން ވިދާޅުވިގޮތުގައި މިއީ، މިސްކިތާއި މިސްކިތުގައި އަޅުކަން ކުރަން ތިބޭ މީހުންގެ ޙުރުމަތް ކެނޑުމެވެ. އަދި ފަހު ދިހައިގައި މީހުން އިޢުތިކާފަށް ތިބޭކަން ނޭނގޭވަރުގެ މީހުން ދަަޢުލަތުގެ މުއައްސަސާތަކުގައި ތިބުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމުގައި ޝެއިޚް ވިދާޅުވިއެވެ. ކަން ހިނގާ ދިޔަ ގޮތް އިތުރަށް ވިދާޅުވަމުން ޝެއިޚް ވިދާޅުވީ، މެދު އުމުރުގެ އެހެން މީހަކު އައިސް ފުލުހުންނާ ވަރަށް ވާހަކަ ދެއްކުމުން ފުލުހުން އެނބުރި ދިޔައީ ކަމުގައެވެ.

އިޝްތިހާރު Below Header ad

އަދިވެސް ޝެއިޚް ފާހަގަކުރެއްވި ގޮތުގައި، މިސްކިތް ތަކުގައި ކެމެރާތައް ހަރުކޮށްގެން، މިސްކިތްތަކަށް އަރާ މީހުނަށް ފާރަލާ، ޖާސޫސް ކުރަނީ ކަމުގައި ބުނުމުގެ ޖާގަ މިހާރު އެބައޮތެވެ. އަދި މަގުމަތީގައި އެތައް ބަޔަކު ނުބައި ކަންކަން ކޮށް، މަސްތުވެގެން މަގުމަތީ ދެމިފައި ތިބޭއިރު ހައްޔަރު ނުކޮށް މިސްކިތްތަކުގައި ނިދަން ނުވަތަ އުޢުތިކާފަށް އިންދާ މިފަދައިން ކަންކޮށްގެން ނުވާނެއެވެ. އަދި މިސްކިތުގައި ނިދުމަކީވެސް، މިސްކިތުގެ ޙުރުމަތް ނުކެނޑޭ ގޮތަށް އަދި މިސްކިތް ހަޑި ނުވާނެގޮތަށް ނިދާނަމަ މައްސަލައެއް ނޫންކަމަށާއި ޞަޙާބީ ބޭކަލުންވެސް އެގޮތަށް އެކަން ކުރައްވާފައިވާ ކަމުގައި ޝެއިޚު ވިދާޅުވިއެވެ. އަދި އިޢުތިކާފަށް އިނުމަކީ އިސްލާމްދީނުގައި ޝަރުޢުވެ ޤުރުއާނުގައިވެސް ނަންގަނެވިގެންވާ ކަމެއް ކަމުގައި ޝެއިޚު ވިދާޅުވިއެވެ.

މީގެ އިތުރުން ޚަބަރު ލިބިފައިވާ ގޮތުގައި ނޫރު މިސްކިތުގެ އަންހެނުން ވުޟު ކުރާބައިގައި ވަނީ ކެމެރާ ހަރުކޮށްފައެވެ. އަދި އަންހްނުން ވުޟޫ ކުރާއިރު ބުރުގާ ބާލާނެކަމަށާއި، މިގޮތަށް މިކަން ކުރާނަމަ މިސްކިތް ތަކަށް އަރާ މީހުންގެ ޙުރުމަތް ކަނޑާލެވެނީ ކަމުގައި ޝެއިޚު ވިދާޅުވިއެވެ. އަދި މިހެން މިކަން ވުމަކީ ވަރަށް ބޮޑު ގޯހެއްކަމަށާއި، މިހެން ވާންވެއްޖެ ނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެ، ކަމާއި ބެހޭ ފަރާތްތަކަށް ޝެއިޚު ގޮވާލެއްވީ، މިކަންކަން މިގޮތަށް ނުކުރުމަށާއި، މިސްކިތް ތަކުގައި ތިބޭ މީހުނަށް ގޯނާ ނުކޮށް، މަގުމަތީގައި ޖަރީމާތައް ހިންގައި މަސްތުވެގެން އުޅޭ މީހުން ހައްޔަރުކޮށް އެމީހުނަށް ޙައްޤު އަދަބު ދިނުމަށާއި މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ނުލުމަށެވެ. މިކަމާއި ގުޅިގެން މީސްމީޑިއާގައި، ބައެއް މީހުން، ދިވެހި ފުލުހުން ސިފަކޮށްފައިވަނީ އިސްރާއީލުގެ ސިފައިން ފަދަ ބައެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.